ހުސައިން ރަޒީން (ރަބަރޭ)

ރަބަރޭގެ މަރާ ގުޅިގެން ރާއްޖެއިން މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

Nov 18, 2015
1

ސްރީ ލަންކާގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުުނު، ހ. ހަންޑްރެޑް ފްލާވާ، ހުސެން ރަޒީން (ރަބަރޭ) މަރާ ގުޅިގެން މިހާތަނަށް ރާއްޖެއިން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށް ދިވެހި ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނެފައި ވަނީ މި މައްސަލާގައި ދިވެހި ވިޔަފާރިވެރިއަކު މާލެއިން ހައްޔަރުކޮށްފައިވާ ކަމަށް އަޑުތައް ފެތުރިފައި ވަނިކޮށެވެ. ލަންކާ ފުލުހުން ބުނެފައި ވަނީ ރަބަރޭ މަރާލާފައި ވަނީ ކޮންޓްރެކްޓްގައި "ކޮންޓްރެކްޓް ކިލާ" އަށް 140 މިލިޔަން ރުޕީސް ދީގެން ކަމަށެވެ.

ރަބަރޭ މަރާލާފައި އޮއްވާ ފެނުނީ ލަންކާގެ ޕިލިއަންދަލާގެ ތަމްބޯވިލާ ބްރިޖް ކައިރީގައިވާ ދަނޑެއްގެ ތެރެއިންނެވެ. އޭނާ ފެނުނު ސަރަހައްދުން ދެ ރަންފަށާއި ތަޅުދަނޑިފައްޗެއް ފެނިފައިވެ އެވެ. ރަބަރޭ މަރާލި މައްސަލާފައި ލަންކާއިން ދިވެއްސަކާއި ލަންކާ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެ މައްސަލައިގެ ތަހުގީގުގައި ދިވެހި ފުލުހުން ވެސް ބައިވެރިވެ އެވެ.