ވަޅި ހެރުން

ހޮޅުދޫގައި ވަޅި ހަރައި ޒަހަމްކޮށްލި މީހާ މަރުވެއްޖެ

Nov 18, 2015
1

ނ. ހޮޅުދޫގައި ވަޅި ހަރައި ޒަހަމްކޮށްލި މީހާ އަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ. މަރުވީ މީގެ ތިން ދުވަސް ކުރިން މެއަށް ވަޅި ހަރާފައި ޒަހަމްކޮށްލާފައި ވަނީ ހޮޅުދޫ ރޯޒީ، އިސްމާއިލް އަބްދު ރަހުމާނެވެ. އޭނާ މަރުވީ މިރޭ 7:30 އެހާކަންހާއިރު ރ އުނގޫފާރު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

މަރުވި، އުމުރުން 74 އަހަރުގެ އިސްމާއީލް އަބްދުއް ރަހުމާނަކީ ހޮޅުދޫގެ ކުރީގެ ކުޑަކަތީބެވެ. މިރޭ އޭނާ މަރުވި އިރު އޭނާއަށް ހަމަލާދީ ޒަހަމްކޮށްލުމުގެ ތުހުމަރަށް 21 އަހަރުގެ މީހަކު ހޮޅުދޫން ވަނީ ހައްޔަރުކޮށްފަ އެވެ.

އިސްމާއިލް އަބްދުއް ރާހުމާނުގެ މެއަށް ވަޅި ހަރާފައި ވަނީ އިޝާ ނަމާދުން ފައިބައިގެން ދަނިކޮށް ގޮވައި ހަނި އަނދިރި ގޯޅިއެއްގެ ތެރެއަށް ވެއްދުމަށް ފަހު އެވެ. އޭނާ ހަމަލާ ދީފައި ވަނީ ފޫޓެއްގައި ދިގު ޑައިވިން ވަޅިއަކުންނެވެ.