އެސްއެމްއީ ބޭންކް

އެސްޑީއެފްސީގެ އޮފީސް ފަޅާލައިފި

Jul 14, 2021
2

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރު ކޮށްދޭ އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ އޮފީސް ފަޅާލައިފި އެވެ.

މި މައްސަލަ މިއަދު ހެނދުނު ފުލުހަށް ރިޕޯޓް ކޮށްފައިވަނީ 8:56 ގަ އެވެ. ފުލުހުންގެ ޓީމަކުން ގެންދަނީ މ. ކަނީރުވިލާގެ ދެވަނަ ފްލޯގައި ހިންގަމުން ގެންދާ އެސްޑީއެފްސީގެ އޮފީސް ތެރޭގައި ހަރަކާތްތެރި ވަމުންނެވެ.

އެސްޑީއެފްސީ ފަޅާލި ނަމަވެސް އެތަނުން ވަގަށް ގެންދިޔަ ތަކެތީގެ އެއްވެސް މައުލޫމާތެއް އަދި ލިބިފައެއް ނުވެ އެވެ.

އެސްޑީއެފްސީއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކޮށް ދިނުމަށް ލޯން ދޫކުރުމަށް މި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެވެ. އޮފީސް ފަޅާލި މައްސަލާގައި އެސްޑީއެފްސީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.