ހަބަރު

އެމްއެންޑީއެފް މިއުޒިކަލް ޑްރިލް މާދަމާ ވިލިނގިލީގައި ދައްކާލަނީ

އެމްއެންޑީއެފްގެ މިއުޒިކަލް ޑްރިލް ޑިސްޕްލޭ މާދަމާ ވިލިންގިލީގައި ބާއްވާގޮތަށް ނިންމާފި އެވެ.

އެމްއެންޑީއެފް އިން މީގެ ކުރިން ވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސިފައިންގެ މިއުޒިކަލް ޑްރިލް ޑިސްޕްލޭ މާލެ ޝަހީދުންގެ ބިނާކައިރިގަ އާއި ހުޅުމާލެގެ ސެންޓްރަލް ޕާކް ސަރަހައްދު ގައި ދައްކާލަފަ އެވެ. އަދި އެކަމަށް ބޮޑު ތަރުހީބެއް ލިބުމުން އެމްއެންޑީއެފް އިން ވަނީ ވިލިމާލޭގައިވެސް ޑްރިލް ދެއްކުމަށް ނިންމާފަ އެވެ.

އެގޮތުން މާދަމާ ހަވީރު 5:00 ޖަހާއިރު އަދި 5:30 ގައި ވިލިމާލޭގެ ބަނދަރު ސަރަހައްދުގައި މި ޑިސްޕްލޭ ބާއްވާގޮތަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެމްންޑީއެފް އިން ބުނެ އެވެ.