ހަބަރު

ކުއްލި ހާލަތުގައި ހަރަކާތްތެރިވާނެ ގޮތުގެ ޕްލޭން ތަންފީޒު ކުރުމުގެ އެއްބަސް ވުމުގައި ސޮއިކޮށްފި

ސްކޫލުތަކުގައި ދިމާވެދާނެ ކާރިސާތަކުން ދަރިވަރުން ރައްކާތެރިވުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ޕްލޭންތަށް ތަންފީޒުކުރުމުގެ އެމްއޯޔޫގައި މިއަދު ސޮއިކުރައްވައިފި އެވެ.

މި އެއްބަސް ވުމަކީ ސްކޫލުތަކުގައި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީ އިން ތައްޔާރުކޮށްފައިވާ ޕްލޭންތަށް ތަންފީޒް ކުރުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީ، ޑިފެންސް މިނިސްޓަރީ އަދި ރެޑް ކްރެސެންޓް އާއި ޑިސާސްޓަރ މެނޭޖްމަންޓު މެދު ވެވޭ އެއްބަސް ވުމެކެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ސްކޫލުތަށް ރައްކާތެރިތަނަކަށް ހެދުމުގެ ގޮތުން އެ މިނސިްޓްރީ އިން މިހާރު ވަނީ އެމަޖަންސީ އޮޕަރޭޝަން ޕްލޭންތަކެއް ތައްޔާރުކޮށްފައި ކަމަށާއި އަދި މި އެއްބަސް ވުމުގެ ދަށުން އެކަންތަށް މި މުވައްސަސާތަކާއި ގުޅިގެން ތަންފީޒު ކުރެވޭނެ ކަމަށެވެ.

"މިއެއްބަސްވުގެ ދަށުން ޑިފެންސް މިނިސްޓްރީއާ ރެޑް ކްރެސެންޓް އަދި ޑިސާސްޓަރ މެނޭޖްމަންޓުން ދަރިވަމުން ރައްކާތެރިކަމަށް ހެދިފައިވާ ޕޮލިސީތަށް ތަންފީޒު ކުރުމަށްޓަކައި ބޭނުންވާ ވަސީލަތްތަކާއި ޓްރޭނިންގް ދިނުން ހިމެނެ،" ޝިހާމް ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ބައިވެރިވި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި ވަނީ މިފަދަ އެއްބަސްވުމެއްގެ މުހިންމުކަން ފާހަކަކޮށް މިކަމުގައި މޯލްޑިވްސް ޑިފެންސް ފޯސްގެ ހުރިހާ ޑިޕާޓްމަންޓަކުން ފުރިހަމަ އެއްބާރުލުން ދޭނެކަން ކަށަވަރުކޮށްދީފަ އެވެ.