މޯލްޑިވްސް ޕޮލިސް ސާވިސް

ވަޒަންތައް އެތެރެކުރި ގޮތާ ގުޅޭގޮތުން އެއްޗެއް ނުބުނި

Jul 18, 2021

ރާއްޖެ އައި ފަތުރުވެރިޔެއްގެ އަތުން ވަޒަންތަކެއް ފެނުނު މައްސަލާގައި އޭނާ ވަޒަންތައް ރާއްޖެ އެތެރެކުރި ގޮތާ ގުޅޭގޮތުން ކަމާ ގުޅޭ އިދާރާތަކުން ވާހަކައެއް ނުދެއްކި އެވެ.

ވަޒަންތައް ފެނުނީ ނެމީބިއާ އަށް ނިސްބަތްވާ 60 އަހަރުގެ ފަތުރުވެރިޔެއްގެ ދަބަހުން މިމަހުގެ 10 ވަނަ ދުވަހު އެވެ.

ވަޒަންތައް ފެނުނީ އޭނާ ރާއްޖޭގައި އުޅުމަށްފަހު ފުރަން ދިއުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ސެކިއުރިޓީ އޮފިސަރުންނަށް ޝައްކު ކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުންނެވެ.

ފަތުރުވެރިޔާގެ ބަންދަށް އެންމެ ފުރަތަމަ ކޯޓުން ދިނީ ތިން ދުވަހެވެ. އެ މުއްދަތު ހަމަވުމުން މިދިޔަ ބުރާސްފަތި ދުވަހު އޭނާގެ ބަންދަށް ވަނީ އިތުރު ހަތަރު ދުވަސް ޖަހާފަ އެވެ.

ފަތުރުވެރިޔާ ވަޒަންތައް އެތެރެކުރި ގޮތާ ގުޅޭގޮތުން ކަސްޓަމްސްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. ފުލުހުން ބުނީ މައްސަލައާއި ގުޅިގެން ތަހުގީގުގައި ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން ކަމަށެވެ. އިތުރު ވާހަކައެއް ނުދެއްކި އެވެ.