ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ސެޓްފިކެޓް ނެތް ފަންނީ މީހުން ސެޓްފިކެޓް ހޯދަން ފުރުުސަތު ހުޅުވާލައިފި

ސެޓްފިކެޓެއް ނުވަތަ ސަނަދެއް ނެތި ތިބި ފަންނީ މީހުން ސެޓްފިކެޓް ހޯދަން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މޯލްޑިވްސް ޕޮލިޓެކްނިކްއިން ހުޅުވާލައިފި އެވެ.

ރަސްމީ ނިޒާމެއްގެ ތެރެއިން ސެޓުފިކެޓެއް ނެތި، އެއް ބާވަތެއްގެ ފަންނީ މަސައްކަތުގައި ނުވަތަ އެއް ވަޒީފާއެއްގައި ދެމިތިބޭ މުވައްޒަފުންގެ ފަންނުވެރިން ބަލައިގަނެ އެމީހުންނަށް ސަނަދު ދިނުމާ ގުޅޭ އުސޫލެއް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ހަފްތާގައި ވަނީ އާންމުވެސްކޮށްފަ އެވެ. އެ ގަވައިދުގެ ދަށުން ފަންނީ މީހުންނަށް ސަނަދު ދޫކުރަނީ ހާއްސަ އިމްތިހާނެއް ހެދުމަށް ފަހު އެވެ.

"ނެޝަނަލް ޓްރޭޑް ޓެސްޓިން އެންޑް ސެޓިފިކޭޝަން" ގެ ނަމުގައި ހެދި ގަވައިދުގެ ދަށުން ޓްރޭޑް ޓެސްޓިން ކުރިޔަށް ގެންދަން ތަމްރީން ދޭ ފަރާތް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ރަޖިސްޓްރީވާން ޖެހޭނެ އެވެ. ރާއްޖޭގެ ފުރަތަމަ ޓްރޭޑް ޓެސްޓިން ސެންޓަރުގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވަނީ ޕޮޮލިޓެކްނިކެވެެ.

ފަންނުވެރިކަން ކަށަވަރުކުރަން ޕޮލިޓެކްނިކުން ދޭ އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެ އިމްތިހާނުގައި ރަޖިސްޓްރީވާން އޮންލައިންކޮށް ހުށަހެޅޭނެ އެވެ.

އެ އިމްތިހާންގައި ބައިވެރި ވެވޭނީ ވަކި ޝަތުރުތަކެއް ވެސް ފުރިހަމަ ވެގެނެވެ. އޭގެ ތެރޭގައި ރަށު ފެންވަރުގައި ބަލައިގަންނަ މިންވަރަށް ފަންނީ ހުނަރުވެރި މަސައްކަތެއް ކުރާ މަދުވެގެން ފަސް އަހަރުވެފައިވުމާއި ފަންނީ ހުނަވެރިވެ މަސައްކަތްތެރިކަމުގެ ވަޒީފާއެއްގައި މަދުވެގެން ފަސް އަހަރު އުޅެފައިވުން ހިމެނެ އެވެ.

އިމްތިހާންގައި ބައިވެރިވި މީހުންގެ ކިބައިގައި އެކަށީގެންވާ ވަރަށް ހުނަރުހުރިކަން ކަށަވަރުކޮށް އެސެސްމަންޓްތަކުން ފާސްވެއްޖެނަމަ މޯލްޑިވްސް ނެޝެނަލް ސްކްލިކްސް ޑިވޮލޮޕްމަންޓް އޮތޯރިޓީން ގަބޫލުކުރާ ނެޝެނަލް ސެޓްފިކެޓެއް ދޭނެ އެވެ.