އައްޑޫ ސިޓީ ކައުންސިލް

ޗައިނާއާ ލަންކާގެ ކޮންސިއުލޭޓެއް އައްޑޫއަށް ގެންދެވޭތޯ ބަލަނީ

ޗައިނާއާއި އައްޑޫ ސިޓީގެ ކޮންސިއުލޭޓެއް އައްޑޫ ސިޓީއަށް ގެނެވޭތޯ ބަލަމުންދާ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެެވެ.

މޭޔަރު ނިޒާރު ވިދާޅުވީ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭ ގާއިމްކުރުން މައްސަލައެއްގެ ގޮތުގައި ހަދައިފައިވާތީ އޭގެ ކުރިން އަވައްޓެރި ސްރީލަންކާ ނުވަތަ ޗައިނާގެ ކޮންސިއުލޭޓެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެ ސަބަބުން އިންޑިއާގެ ކޮންސިއުލޭޓްގެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް ނިޒާރު ދެކެވަޑައިގަންނަވަ އެވެ.

" އަދީ އޭގެ ވާހަކަތަކެއް އެބަދޭ. ނަމަވެސް ރަސްމީގޮތުން އެކަމާ ގުޅޭ ގޮތުން އަދި މަޝްވަރާއެއް ނުކުރޭ" ނިޒާރު ވިދާޅުވި އެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހަދަން ކުރިން ނިޒާރާއި އަދި މަޖިލީިގެ ބައެއް އެމްޑީޕީ މެމްބަރުންވެސް ތާއިދުކުރައްވައިފައި ވެެއެވެ. ނަމަވެސް އެކަމާ ދެކޮޅަށް "ސޭވް އައްޑޫ" ގެ ނަމުގައި ސޯޝަލް މީޑިއާގައި އާންމުން ބޮޑު ކެމްޕޭނެއް ޖެއްސިފަހުން ކޮންސިއުލޭޓް އެޅުމުގެ ވާހަކަތައް ވަނީ މަޑުޖެހިފައެވެ. އެ ކޮންސިއުލޭޓް އެޅުމާ ގުޅޭގޮތުން ސަރުކާރުން ފަހުން އެއްވެސް ވަރަކަށް ވާހަކައެއް ނުދައްކަ އެވެ.

ނިޒާރު ވިދާޅުވީ "ސޭވް އައްޑޫ" ކެމްޕޭނަށް ފަހު އިންޑިއާ ކޮންސިއުލޭޓް އެޅުމާ ގުޅޭ ގޮތުން އެއްވެސް ވަރަަކަށް މަޝްވަރާކޮށްފައި ނުވާ ކަމަށެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް ގާއިމްކުރަން އުޅޭތީ އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ. އަދި މިއީ ރާއްޖޭގައި އިތުރަށް އިންޑިއާއގެ ނުފޫޒު ފޯރުވުމަށް ހިންގާ އަމަލެއް ކަމަށް ވެސް ގިނަ ބަޔަކު ބުނެ އެވެ. އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް އައްޑޫގައި ހުޅުމުގެ ވާހަކަތަކެއް ދެކެވުނު ދަނޑިވަޅު 200 މިލިއަން ޑޮލަރުގެ މަޝްރޫއުތަކެއް އިންޑިއާގެ އެހީގައި އައްޑޫގައި ދަނީ ހިންގަމުން ނެވެ.