ފިނިޕޭޖް

ޖާދުލުގެ ޝޯ މިއަދު މާލޭގައި، މާދަމާ ވިލިމާލޭގައި!

Nov 20, 2015
1

އެސްޒެޑްއޭ އެންޓަޓެއިންމަންޓްގެ ފަރާތުން ޖާދުލުގެ ހަރަކާތްތަކާއި ސާކަސްގެ ކުޅިވަރުތަށް ދައްކާލުމަށް " ދަ މެގަ ފެސްޓި ވަލް" ގެ ނަމުގައި ޝޯއެއް މިއަދު ބާއްވާނެ އެެވެ.

ޝޯއާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން އެސްޒެޑްއޭގެ އެންޓަޓެއިންމަންޓުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒާހިރް ވިދާޅުވީ މިޝޯ އަކީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަކޮށްގެން ޖާދުލުގެ ހަރަކާތްތަކާއި ޗަރުކޭސްގެ ކުޅިވަރުތަށް ދައްކާލުމަށް ބާއްވާ ފެސްޓިވަލް އެއް ކަމަށާއި އެ ޝޯގައި ހަރަކާތްތެރިވާނީ ސްރީ ލަންކާއާއި އިންޑިޔާގެ މައްޝޫރު ޖާދޫގަރުންނާއި ސާކަސްތަކުގައި އެކްސްޕާޓުން ކަމަށެވެ.

"މި ޝޯ ވަރަށް ތަފާތު ވާނެ. ކުޑަކުދިންނާއި ދޮށީ އުމުރުފުރާގެ މީހުން ހެއްވައިލާ ފަދަ އަޖައިބު ކުރުވަނިވި ޖާދުލުގެ ހަރަކާތްތަކާއި ސާކަސްގެ ކުޅިވަރުތައް ދައްކާލުން އޮންނާނެ. މި ޝޯގަ ޕަފޯމް ކުރާނީ ލަންކާއާއި އިންޑިއާގެ މައްޝޫރު ޖާދޫގަރުންނާއި ސާކަސް ތަކުގައި އުޅޭ މީހުން،" ޒާހިރު ވިދާޅުވި އެވެ.

ފެސްޓިވަލް އޮންނާއީ މިއަދު ހަވީރު 4:15 އިން 5:30 އަށް ވިލާކޮލެޖުގަ އެވެ. ދޮށީ އުމުރުފުރާގެ މީހުންނަށް ހާއްސަކޮށް މިރޭ 8:30 އިން 10 އަކަށް ވެސް ޝޯ ބާއްވާނެ އެވެ. މީގެ އިތުރުން ހޮނިހިރު ދުވަހު ވިލިމާލޭގެ މުހިއްބުއްދީން ސްކޫލުގައި ވެސް ދަ ފެސްޓިވަލް ބާއްވާނެ އެވެ.

ޝޯގެ ޓިކެޓުގެ އަގަކީ ކުޑަކުއްޖަކަށް 50ރ. ބޮޑު މީހަކަށް 75ރ. އެވެ.