ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މުހައްމަދު މަބްރޫކް އަޒީޒް

ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ހޯދައިފި

ދިވެހި އާބާދީއަށް ބޭނުންވާ މިންވަރަށް ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިން ހޯދާފައިވާ ކަމަށް ދިވެހި ސަރުކާރުން ހާމަކޮށްފި އެވެ.

ރާއްޖެއަކީ ކޮވިޑް ވެކްސިން ކެންޕެއިން އެންމެ ކާމިޔާބުކޮށް ހިންގާ އެއް ގައުމެވެ. ވެކްސިން ހޯދަން ސަރުކާރުން ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ. އިންޑިއާ އާއި ޗައިނާގެ ގުޅުން ހަރުދަނާކޮށް އެ ދެ ގައުމުންވެސް ވެކްސިންގެ ބޮޑު ސްޓޮކެއް ހިލޭ ހޯދާފައިވެއެވެ. އަދި އެކި ކުންފުނިތަކަށް ފައިސާ ދައްކައިގެން ވެކްސިން ހޯދުމަށް އެކި މަސައްކަތްތައް ކޮށްފައިވެއެވެ.

ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު މިއަދު ވިދާޅުވީ ދިވެހި އާބާދީއަށް ބޭނުންވާ މިންވަރަށް ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިން ހޯދިފައިވާ ކަމަށެވެ. އަދި އެއީ މިވަގުތަށް އެ ފުރުސަތު ލިބިފައިޗާ މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމު ކަން ފާހަގަ ކުރެއްވިއެވެ.

މަބުރޫކް ވަނީ އާންމު ހާލަތަށް ދިއުމަށް ވެކްސިންގެ މުހިންމު ކަން ފާހަގަ ކުރައްވާ ވެކްސިން ކެންޕެއިނަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ. އަދި ވެކްސިން ޖެހުމަށް ގިނަ ބަޔަކަށް ބާރު އެޅުމަށް އެދިވަޑައިގެންނެވިއެވެ.

ރާއްޖެއިން މިހާތަނަށް 321،594 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އޭގެ ތެރެއިން 263،067 މީހަކު ވަނީ ދެވަނަ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކޮށްފައެވެ. ނަމަވެސް އާބާދީގެ 27 ޕަސެންޓް އެއްވެސް ޑޯޒެއް ނުޖަހައެވެ.