އެކްސިޑެންޓް

ކާރެއް ކޮންޓްރޯލް ނުވެ ރުކެއްގައި ޖެހިއްޖެ

ބޮޑުތަކުރުފާނު މަގުގައި ބާރު ސްޕީޑެއްގައި ދުއްވި ކާރެއް ކޮންޓްރޯލް ނުވެ ރުކެއްގައި ޖެހިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރަސްފަންނު ކައިރީ ބޭރު މަގުން ދުއްވި ކާރު ގޮސް ޖެހުނީ އައިޖީއެމްއެޗް ކެންޓީނު ކައިރީގައި ހުރި ރުކެއްގައި ކަމަށެވެ.

އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 10 ޖަހަން އުޅެނިކޮށެވެ.

އެކްސިޑެންޓްވި ކާރު ދުއްވަން އިން 21 އަހަރުގެ ފިރިހެން މީހާގެ ލައިސެންސް ނެތް ކަމަށް ފުލުހުން ބުނެ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ހާދިސާގައި ކާރުގެ ކުރީކޮޅަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

އެކްސިޑެންޓްވި ކާރު ޓޯކޮށްފައިވާ އިރު އެ މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ބަލަމުންނެވެ.