ހެރީ ކޭން

ކޭން، މެންޗެސްޓާ ސިޓީއަށްް ބަދަލުވުން ގާތް

ޓޮޓެންހަމް އަށް ކުޅެމުން އަންނަ ހެރީ ކޭން މެންޗެސްޓާ ސިޓީ އަށް ބަދަލުވަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަށް ބާރު ލިބޭ ފަދަ އަމަލު ތަކެއް އޭނާގެ ފުށުން ފެނިއްޖެ އެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން ޓީމުގެ ޕްރެކްޓިސް ތަކުގައި ކޭން ބައިވެރިވަން ޖެހޭއިރު، އޭނާ ޕްރެކްޓިސް ތަކަށް ހާޒިރުވެފައެއް ނުވެ އެވެ. މިފަދަ ވާހަކަތަކެއް ދެކެވެމުން ދިޔަ ނަމަވެސް ކޭންގެ ފަރާތުން މިކަމަށް އަދި ބަހެއް ނުބުނެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން މެންޗެސްޓާ ސިޓީން އަންނަނީ ބޮޑު އަގަކާއި އެކު ކޭން ގެނައުމަށް ތައްޔާރު ވަމުންނެވެ.

ކޭން ސިޓީއަށް

ކޭން އާއި އެކު ޓޮޓެންހަމް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރު އެވެ. ނަމަވެސް ރިޕޯޓުތައް ބުނާ ގޮތުން ކޭން ވަނީ ޓޮޓެންހަމްގެ ޗެއާމަން ޑެނިއެލް ލެވީ އާއި އެކު "ޖެންޓްލްމެން އެގްރީމެންޓް" އެއް ހަދާފަ އެވެ. އެހެންކަމުން މިފަހަރުގެ ސަމާ ޓްރާންސްފާގައި އޭނާ އެހެން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު އެބަ އޮތެވެ.

މެންޗެސްޓާ ސިޓީން އަންނަނީ ކޭން ހޯދުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުން ސިޓީން އޮތީ ކޭން ގެނައުމަށްޓަކައި 100 މިލިއަން ޔޫރޯ އަށް ވުރެ ބޮޑު އަދަދެއް ހަރަދު ކުރަން ތައްޔާރަށެވެ.

ކޭން އެހެން ކްލަބަކަށް ބަދަލުވަންވީ ކީއްވެ؟

މިދިޔަ މާޗު މަހު ކޭން ބުނީ އޭނާގެ އުންމީދުތައް ހުރީ ވަރަށް އުހުގައި ކަމަށެވެ. އަދި އެންމެ މަތީ ފެންވަރުގައި ކުޅެ ބޮޑެތި ކާމިޔާބީތަކެއް ހާސިލް ކުރަން އޭނާ ބޭނުންވާ ކަމަށެވެ. އެހެން ކަމުން އެ ފެންވަރުގައި ޓޮޓެންހަމް އަށް ނުކުޅެވޭ ނަމަ އޭނާ ކްލަބް ދޫކޮށްލާނެ ކަމަށެވެ.

އަހަރެން ޓޮޓެންހަމް ދެކެ ވަރަށް ލޯބިވޭ. އަަބަދުވެސް ވާނަން. އެކަމަކު އަހަރެން އަބަދުވެސް ބުނާހެން ޓީމުގެ މިސްރާބު ހުރީ ރަނގަޅު ދިމާލަކަށް ނޫން ކަމަށް އަހަރެންނަށް ވިސްނޭ ހިސާބުން އަހަރެން ޓީމު ދޫކޮށްލާނަން. އަހަރެންނަކީ އުއްމީދީ ކުޅުންތެރިއެއް. ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންގެ ލިސްޓުގައި ހިމެނެން އަހަރެން ބޭނުން
ހެރީ ކޭން

ޓޮޓެންހަމް އިން 2020-21 ކެމްޕެއިން ނިންމާލީ އެއްވެސް ޓްރޮފީއެއް ނުލިބި އެވެ. އެހެންކަމުން ޓޮޓެންހަމް އަށް ޓްރޮފީއެއް ނުލިބޭތާ މިވަނީ 13 އަހަރު ވެފަ އެވެ. ބެލެވޭ ގޮތުގައި ކޭން ސިޓީއަށް ބަދަލު ވެއްޖެ ނަމަ އޭނާއަށް މާ ރަނގަޅު ފުރުސަތު ތަކެއް ލިބޭނެ އެވެ. ކޭން ވަނީ މީގެ ކުރިން ގާޑިއޯލާގެ ކޯޗު ކަމުގެ ދަށުގައި ހަތަރު ޕްރިމިއާ ލީގު ކާމިޔާބު ކޮށްފަ އެވެ.

ޓޮޓެންހަމްގައި ކޭންގެ ރިކޯޑުތައް

ކޭން އޭނާގެ ސީނިއާ ޑިބަޓް ހަދާފައިވަނީ 2011 ވަނަ އަހަރު އެވެ. މިހާތަނަށް ކޭން ވަނީ 336 މެޗެއް ޓޮޓެންހަމް އަށް ކުޅެދީފަ އެވެ.

ޓޮޓެންހަމްއަށް 221 ގޯލު ޖަހައިދީ ކޭން ވަނީ ކްލަބްގެ ތާރީހުގައި ދެވަނަ އަށް އެންމެ ގިނަ ގޯލު އެ ކްލަބަށް ކާމިޔާބު ކޮށްދިން ކުޅުންތެރިޔާގެ ޖާގަ ހޯދާފަ އެވެ. އަދި ޕްރިމިއާ ލީގުގައި 166 ގޯލު ޖަހައި ކޭން އަކީ ޕްރިމިއާ ލީގުގައި ހަތް ވަނައަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ.