ފެމިލީ ކޯޓް

މިހާރު ކޮންމެ ދުވަހަކުވެސް ކައިވެނި ކޮށްދޭނެ

މާދަމާއިން ފެށިގެން ހަފްތާގެ ކޮންމެ ދުވަހަކުވެސް ފެމިލީ ކޯޓުން ކައިވެނި ކޮށްދޭނެ ކަމަށް އެ ކޯޓުން ބުނެފި އެވެ.

އެ ކޯޓުން މިއަދު ބުނީ ފެމިލީ ކޯޓުން ކައިވެނިކޮށްދޭ ދުވަސްތަކާއި ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެ ގޮތުން މާދަމާއިން ފެށިގެން ހަފްތާގެ ކޮންމެ ދުވަހަކުވެސް ކައިވެނި ކޮށްދޭނެ އެވެ. ރަސްމީ އަދި ނުރަސްމީ ގަޑީގައި އޮންލައިންކޮށް ކައިވެނި ކޮށް ދިނުމުގެ އިތުރުން ކޯޓަށް ހާޒިރުވެގެން ކައިވެނި ކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތުވެސް އޮންނާނެ އެވެ.

ކޯޓްގައި ކައިވެނި ކުރެވޭ ރަސްމީ ގަޑިއަކީ ހެނދުނު 8:30 އިން މެންދުރު 1:30 ގައެވެ. އަދި ނުރަސްމީ ގަޑިއަކީ ހަވީރު 4:00 އިން ރޭގަނޑު 9:00 އަށެވެ. މި ވަގުތުތަކުގައި އޮންލައިންކޮށާއި ކޯޓަށް ހާޒިރުވެގެންވެސް ކައިވެނި ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.