ޔޫސުފް ޝަފީއު

ޔޫއްޕެ އިތުރު ކައިވެންޏެއް ކޮށްފި

Aug 9, 2021
6

މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ކައިވެނިކޮށްފި އެވެ.

ކައިވެނީގެ ހަފްލާ އިއްޔެ ހަވީރުގެ ވަގުތެއްގައި ބާއްވާފައިވަނީ މާލޭގައި ހުންނަ ގޯމޭ ރެސްޓޯރަންޓްގަ އެވެ.

މި ހަފްލާގައި ފިލްމީ ދާއިރާގެ ބައެއް ފަންނާނުންނާއި ދެ ފަރާތުގެ އާއިލާ އާއި ބައެއް އެކުވެރިން ބައިވެރިވެފައިވެ އެވެ.

ޔޫއްޕެ ކައިވެނިކޮށްފައިވަނީ ރ. ރަސްގަތީމަށް ނިސްބަތްވާ އާޝާ އިޝީ ކިޔާ ކުއްޖަކާ އެވެ. އިޝީ އަކީ އޭނާގެ އަމިއްލަ ވިޔަފާރީގައި އުޅޭ މީހެއް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މިއީ އިޝީގެ އަލަތު ކައިވެންޏެވެ. އަވަސް އަށް އެނގިފައިވާ ގޮތުގައި ޔޫއްޕެގެ ފަސްވަނަ ކައިވެންޏެވެ. ޔޫއްޕެ ކުރިން ކައިވެނި ކުރި ދެ މީހަކަށް ދެ ކުދިން ލިބިފައިވެ އެވެ.

ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު އެއް އެކްޓަރު ޔޫއްޕެ މިހާރު ގިނައިން މަސައްކަތް ކުރަނީ ފިލްމުތައް ޕްރޮޑިއުސް ކުރުމާއި ޑައިރެކްޓް ކުރުމުގަ އެވެ.