އައިޝަތު ބިޝާމް

ބިޝާމް ޕީޖީއަކަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

Nov 23, 2015

ޕްރޮސިކިއުޓާ ޖެނެރަލް ކަމަށް ކުރީގެ އެޓާނީ ޖެނެރަލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި، ގ. ސައިމާ، އައިޝަތު ބިޝާމްއަށް ރައްޔިތުން މަޖިލީހުން މިއަދު ރުހުން ދީފި އެވެ. ބިޝާމް އަކީ މިހާރު ރައީސް އޮފީުގެ ލީގަލް އެޑްވައިޒަރެއްގެ މަގާމުގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

ބިޝާމް ޕީޖީ އަކަށް ހަމަޖައްސަން ނެގި ވޯޓްގައި ބައިވެރިވި 70 މެންބަރުންގެ ތެރެއިން 66 މެންބަރުން ވަނީ ބިޝާމް ޕީޖީ އަކަށް އައްޔަން ކުރުމަށް ތާއީދުކޮށްފަ އެވެ. ފާސްވާން ބޭނުން ވަނީ 43 މެންބަރުންގެ ވޯޓެކެވެ. ނޫނެކޭ ބުނީ ހަތަރު މެންބަރުންނެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވި އެވެ. އެއާ އެކު ރިޔާސަތުން ވަނީ ބިޝާމްއަށް ރުހުން ލިބުނުކަން އިއުލާންކޮށްފަ އެވެ.

ބިޝާމް ވަނީ އެޓާނީ ޖެނެރަލްގެ އޮފީހުގެ އިސް މަގާމުތަކުގައި ވެސް ގިނަ ދުވަހު މަސައްކަތް ކުރައްވައިފަ އެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ޕީޖީއަކަށް އަންހެނަކު ހަމަޖައްސާ ފުރަތަމަ ފަހަރެވެ.

ޕީޖީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މުހުތާޒު މުހުސިންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އެމަނިކުފާނު އެ މަގާމުން ދުރު ކުރުމުންނެވެ. ޕީޖީ ކަމަށް ކުރިމަތިލީ ވެސް ހަމައެކަނި ބިޝާމް އެވެ.