އާރްޑީސީ

އަނެއްކާވެސް އާރުޑީސީގެ އޮފީސް ފަޅާލައިފި

އަނެއްކާވެސް އާރުޑީސީގެ އޮފީސް ފަޅާލައި ވައްކަން ކޮށްފި އެވެ.

ފުލުހުން ބުނީ އާރުޑީސީ އޮފީސް ފަޅާލި ކަމުގެ މައުލޫމާތު މިއަދު 7:45 ގައި ލިބިފައިވާ ކަމަށެވެ. އަދި ސީންގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

މީގެ ކުރީންވެސް އެކި ފަހަރު މަތިން އާރުޑީސީގެ އޮފީސް ފަަޅާލައި ވައްކަން ކޮށްފައިވެއެވެ.

އާރުޑީސީގެ އޮފިޝަލަކު ދެންމެ ވިދާޅުވީ އެ ކުންފުނީގެ އޮފީސް ފަޅާލައި ވައްކަން ކޮށްފައިވަނީ ރޭގެ ފަތިހު ކަމަަަށެވެ. ވަގުން އޮފީހަށް ވަދެފަައިވަނީ އޮފީހުގެ ފުރާޅުން ޓިނު ނަގައިގެން ސީލިންގެ ހަލާކުކޮށްލުމަށް ފަހު އެވެ.

މި ފަހަރު ގެއްލުނީ ކިހާ ފައިސާއެއް ކަމެއް އަދި ސާފެއް ނުވެއެވެ.