އާރްޑީސީ

އާރުޑީސީ ފަޅާލުން: މީހަކު ހައްޔަރެއް ނުކުރޭ

އާރުޑީސީގެ އޮފީސް ފަޅާލައި ވައްކަން ކުރި މައްސަލާގައި އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.

މިއީ އާރުޑީސީ ފަޅާލި ތިންވަނަ ފަހަރެވެ. އާރުޑީސީގެ އޮފިޝަލަކު ވިދާޅުވީ އެ ކުންފުނީގެ އޮފީސް ފަޅާލައި ވައްކަން ކޮށްފައިވަނީ ރޭގެ ފަތިހު ކަމަަަށެވެ. ވަގުން އޮފީހަށް ވަދެފަައިވަނީ އޮފީހުގެ ފުރާޅުން ޓިނު ނަގައިގެން ސީލިންގެ ހަލާކުކޮށްލުމަށް ފަހު އެވެ.

ފުލުހުން ބުނީ މި މައްސަލާގައި އަދި މީހަކު ހައްޔަރު ނުކުރާ ކަމަށެވެ. ނަމަވެސް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނި ނަމަވެސް އާރުޑީސީން ބުނީ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ޔަގީން ކޮށްދޭ ކަމަށެވެ.