އިމިގްރޭޝަން

ބިދޭސީންތަކެއް މަގުމަތި ކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

Aug 16, 2021

ބިދޭސީންތަކެއް މަގުމަތި ކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

ހެންވޭރުގައި ބިދޭސީންތަކެއް އެ މީހުންގެ ފޮށިތަންމައްޗާއެކު މަގުމަތީގަައި ތިބުމުން އެކަން ރޭ ވަނީ ސަމާލު ކަމަށް އައިސްފައެވެ. އެ މީހުން ބުނަނީ އެއީ ޕާކިސްތާނުން އައި އެ ގައުމުގެ ބައެއް ކަމަށެވެ. އެ މީހުން މާލެ އައީ ހޮޓަލަކަށް ފައިސާ ދައްކާފައި ކަމަށާ އެ މީހުން ފައިސާ ދެއްކީ އެއީ ފައިވްސްޓާ ހޮޓަލެއް ކަމަށް ބުނުމުން ކަމަށެވެ.

ނަމަވެސް މާލެ އައުމުން އެ މީހުން ވަންނާނެ ތަނެއް ނުދައްކާ މަގުމަތިކޮށްފައިވާ ކަަމަށާ އެ މީހުން ވާހަކަ ދެއްކި އެޖެންޓް މަކަރު ހަދާފައިވާ ކަމަށެވެ. ކުޑަކުދިންނާއެކު މަގުމަތީ ތިބި އެ މީހުން ވަނީ އެތައް ބަޔަކަށް އެ ޝަކުވާ ހުށައަޅާފައެވެ.

އިމިގްރޭޝަނުން ބުނީ އެ އޮޅުވާލައިގެން ސައްޚަނޫން ހޮޓެލް ބުކިންގ ތަކެއް ދިނުމުގެ ސަބަބުން މަގުމަތިވި 27 ފަތުރުވެރިއެއްގެ މައްސަލާގައި ޝާމިލުވާކަމަށް ތުހުމަތުކުރެވޭ ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.