ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިމިގްރޭޝަން

މިންގަނޑުތަކަށް ނުފެތޭތީ 180 ބިދޭސީން އަބުރާ ފޮނުވާލައިފި

އިމިގްރޭޝަނުން ބަލާ މިންގަނޑުތަކަށް ނުފެތުމުން 180 ބިދޭސީއަކު އަބުރާ ފޮނުވާލައިފި އެވެ.

ރާއްޖެއަށް އެތެރެވާން މަސައްކަތް ކުރި 180 މީހުން އަނބުރާ ފޮނުވާލާފައިވާކަން އިމިގްރޭޝަންގެ ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ) ވަނީ އަވަސް އަށް ކަށަވަރުކޮށްދެއްވާފަ އެވެ.

ހަނަފީ ވިދާޅުވީ އެމީހުން ރާއްޖެ އެތެރެ ނުކުރީ ވިސާ ދޫކުުރުމުގެ ޝަރުތު ހަމަނުވާތީ ކަމަށެވެ. އެ މީހުންނަކީ ކޮން ގައުމެއްގެ ބައެއްކަން ހަނަފީ ވިދާޅުވެފައެއް ނުވެ އެވެ. އިއްޔެ އައި މީހުންނަށް ހަދާފައި ހުރީ ނުބައި ހޮޓެލް ބުކިންތަކެއް ކަމަށްވެސް ވިދާޅުވި. އެގޮތުން ފަސް މީހުންގެ ޖާގައިގެ ތަންތަނަށް 50 މީހުން ބުކްކޮށްފައިވާ ކަން ފާހަގަކުރެއްވި އެވެ.

އިމިގްރޭޝަންގެ މިންގަނޑުތަކަށް ނުފެތުމުގެ ސަބަބުން އިއްޔެ ފްލައިޓުން އައި 180 މީހުން ފޮނުވާލާފައިވާއިރު ވަރަށް ގިނަ އަދަދެއްގެ އިންޑިޔާ ރައްޔިތުން އޮޅުވާލައިގެން ދަނީ ރާއްޖެ އެތެރެ ކުރަމުންނެވެ.

ހެންވޭރުގައި ތިބި ބިދޭސީންތަކަކަށް ވެސް އިއްޔެ ރޭ ސަރުކާރުން ވަނީ ވަގުތީ ބޯހިޔާވަހިކަން ދީފަ އެވެ. އެ މީހުން ބުނި ގޮތުގައި އެއީ ޕާކިސްތާނުން އައި ބައެކެވެ. އެ މީހުން މާލެ އައީ ހޮޓަލަކަށް ފައިސާ ދައްކާފައި ކަމަށާ އެ މީހުން ފައިސާ ދެއްކީ އެއީ ފައިވްސްޓާ ހޮޓަލެއް ކަމަށް ބުނުމުން ކަމަށްވެސް ބުންޏެވެ.

ނަމަވެސް މާލެ އައުމުން އެ މީހުން ވަންނާނެ ތަނެއް ނުދައްކާ މަގުމަތިކޮށްފައިވާ ކަަމަށާ އެ މީހުން ވާހަކަ ދެއްކި އެޖެންޓް މަކަރު ހަދާފައިވާ ކަމަށެވެ. ކުޑަކުދިންނާއެކު މަގުމަތީ ތިބި އެ މީހުން ވަނީ އެތައް ބަޔަކަށް އެ ޝަކުވާ ހުށައަޅާފަ އެވެ. މި މައްސަލައިގައި މިހާރު ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މި ދުވަސްވަރު ކައިރި ގައުުމުތަކުން ގިނަ ބަޔަކު ރާއްޖެ އަންނަނީ ކަރަންޓީން ވުމަށެވެ. ރާއްޖޭގައި ބިދޭސީންނަށް ކަރަންޓީންވުމަށް ފަސޭހަ އިންތިޒާމުތަކެއް އެބަ އޮތެވެ. ނަމަވެސް އެއީ ދޯދިޔާކޮށް އޮތްް ހަރުދަނާ އުސޫލެއް ނެތް ކަމެއް ކަމަށް ބުނެ އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.