މީރާ

މީރާއިން ރެވެނިއު ސްޓޭމްޕް ފައިސާ ރީފަންޑު ކޮށްދެނީ

Aug 21, 2021

މޯލްޑިވްސް އިންލެންްޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދޫކޮށް ބޭނުން ނުކޮށްހުރި ރެވެނިއު ސްޓޭމްޕްތަކުގެ ފައިސާ ރީފަންޑު ކޮށްދޭން ނިންމައި، އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސަރުކާރުގެ ރަސްމީ ލިޔުންތަކުގައި ޖަހަމުން ދިޔަ ރެވެނިއު ސްޓޭޕްގެ ގާނޫނު އުވާލުމާ ގުޅިގެން ރާއްޖޭގައި މިހާރު ރެވެނިއު ސްޓޭމްޕެއް ބޭނުމެއް ނުކުރެ އެވެ.

މީރާއިން ބުނީ ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލާފައިވާތީ، އެ އޮތޯރިޓީން ވިއްކާފައިވާ ސްޓޭމްޕްތަކުގެ ބޭނުން ބޭނުން ނުކުރެވިވާ ރެވެނިއު ސްޓޭމްޕްތައް ރީފަންޑު ކޮށްދޭނެ ކަމަށެވެ. އެހެންކަން ރެވެނިއު ސްޓޭމްޕް ރީފަންޑު ކުރާ ފޯމް ފުރިހަމަ ކުރުމަށް ފަހު އަންނަ ނޮވެމްބަރު 15 އިގެ ކުރިން ހުށަހަޅަން ވެސް އެދިފައިވެ އެވެ.

ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ސްޓޭމްޕް ޖަހަން ފަށާފައި ވަނީ 1970 ވަނަ އަހަރުން ފެށިގެން އަމަލު ކުރަންދާ ގާނުނަކުންނެވެ. އެކަން ކުރަނީ ހިދުމަތްތަކުން ދައުލަތަށް އާމްދަނީ ހޯދާށެވެ. ނަމަވެސް ޒަމާނަށް އައި ބަދަލާއެކު ސްޓޭމްޕައިން ދައުލަތަށް ލިބޭ އާމްދަނީ މަދުވެގެން ދިޔަ އެވެ.