chattelegramwhatsappviber google-plus twitter facebook

ސްކޫލް

ދޮޅުމަސް ދުވަހުގެ ބޮޑު ޗުއްޓީ ފަށައިފި

ސްކޫލް ދަރިވަރުންތަކެއް: މިއަދު ވަނީ ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފަށާފައި -- އަވަސް ފައިލް ފޮޓޯ

ދިރާސީ އަހަރުގެ ކިޔެވުން ނިންމާލުމަށްފަހު ސްކޫލްތައް ބަންދުކޮށް ދަރިވަރުންނާއި ޓީޗަރުން މި އަހަރުގެ ބޮޑު ޗުއްޓީ ފަށައިފި އެވެ.

ގާތްގަނޑަކަށް ނުވަދިހަ ހާހަށް ވުރެ ގިނަ ދަރިވަރުންނާއި ގިނަ އަދަދެއްގެ ޓީޗަރުން މިއަދުން ފެށިގެން ގާތްގަނޑަކަށް ދޮޅު މަހެއްހާ ދުވަހުގެ ޗުއްޓީއަކަށް ދާނެ އެވެ. ވަރަށް ގިނަ ސްކޫލުތަކުން މިއަދު ރިޕޯޓް ފޯމް ދީފައިވާއިރު ހުރިހާ ސްކޫލެއްގައި މިއަދު ހަވީރާ ހަމައަށް ދަރިވަރުންނަށް ރިޕޯޓްފޯމުތައް ހަވާލުކޮށް އެއްކޮށް ނިމޭނެ އެވެ.

މިއަދު ޗުއްޓީ ފެށި އިރު މާލެ އިން ވަރަށް ގިނަ އަދަދެއްގެ އާއިލާތައް ރާއްޖެއިން ބޭރަށާއި ރަށްރަށަށް ޗުއްޓީއަށް ދާން ވަނީ ފަށާފަ އެވެ. ބޮޑު ޗުއްޓީ ފަށާފައިވާއިރު ޗުއްޓީގައި ފައިދާހުރި ގޮތުގައި ބޭނުން ހިފުމަށާއި އާއިލީ ގުޅުން ބަދަހި ކުރުމަށް އެޑިއުކޭޝަން މިނިސްޓަރު ވަނީ މިއަދު ގޮވާލައްވާފަ އެވެ.

އަންނަ އަހަރުގެ ދިރާސީ އަަހަރު ފަށަން ހަމަޖައްސާފައި ވަނީ ޖެނުއަރީ 13 ގައެވެ. އަންނަ އަހަރު ދަރިވަރުން ކިޔެވުމަށް ހަމަޖެހިފައި ވަނީ 200 ދުވަހެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ފަހުގެ ޚަބަރު