ރ. ކިނަޅޮހުގައި ހިނގި މާރާމާރީގެ މައްސަލައިގެ ތަހުގީގު ކުރިއަށް ނުގެންދެވުނު ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ މާރާމާރީގެ މައްސަލައެއް ޖުލައި 21 ގައި ހުށައަޅާފައިވާ ކަމަށާ އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުން ކުރަމުންދިޔަ މަސައްކަތްތަކަށް މައްސަލާގައި ހިމެނޭ ދެ މީހުންވެސް އެއްބާރުލުން ދީފައިނުވާ ކަމަށެވެ. އެހެން ކަމުން މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށް ނުގެންދެވުނު ކަމަަށެވެ.
މާރާމާރީ ހިންގާފައިވަނީ ދެބައިންގެ މެދުގައިކަން ފުލުހުން ބެލި ބެލުމުން އެނގިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.