ރައްޔިތުންގެ މަޖިލިސް

3،000 ހަމަނުވާ ނަމަ ތިބޭނީ ކައުންސިލަރުން ކަމަށް ކޮމެޓީން ފާސްކޮށްފި

Nov 24, 2015

ރަށުގެ އާބާދީ 3،000 ހަމަ ނުވާނަމަ ތިން ކައުންސިލަރުން ބައިތިއްބާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު ގައުމީ ސަލާމަތާބެހޭ ކޮމިޓީއިން ފާސްކޮށްފިއެވެ.

މިރޭ ބޭއްވި ކޮމެޓީގެ ޖަލްސާގައި ނިންމީ ފަސް ކައުންސިލަރުން ތިބޭނީ 3،000 މީހުންނަށްވުރެ ބޮޑު އާބާދީއެއް އޮންނަ ރަށްރަށުގައި ކަމަށާއި އެއަށްވުރެ އާބާދީ ކުޑަ ރަށްތަކުގައި ތިބޭނީ ތިން ކައުންސިލަރުން ކަމަށް ގާނޫނުގައި ކަނޑައެޅުމަށެވެ.

ފުރަތަމަ އިސްލާހު ހުށަހެޅީ 1،500 މީހުންނަށްވުރެ އާބާދީ މަދު ރަށްރަށުގައި ތިން ކައުންސިލަރުން، އެއަށްވުރެ ބޮޑު ނަމަ ފަސް ކައުންސިލަރުން ތިބޭ ގޮތަށެވެ.

ލާމަރުކަޒީ ގާނޫނު މިހާރު އޮންނަ ގޮތުން، 3،000 މީހުންނަށް ވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ކައުންސިލަރުން ތިބެންޖެހެ އެވެ. އަދި 3،000 އާއި 10،000 އާ ދެމެދުގެ އާބާދީ ހިމެނޭ ރަށްރަށަށް ހަތް ކައުންސިލަރުން ތިބެންޖެހެ އެވެ. އަދި 10،000 އަށް ވުރެ ބޮޑު އާބާދީ އޮންނަ ރަށްރަށުގެ ކައުންސިލަށް އިންތިޚާބު ކުރަންޖެހެނީ ނުވަ މެމްބަރުންނެވެ.