އެކްސިޑެންޓް

ބުރިޖުގައި ދެ އެކްސިޑެންޓެއް ހިނގައިފި

ސިނަމާލެ ބުރިޖު މަތީގައި ދެ އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދެ އެކްސިޑެންޓްވެސް ހިނގައިފައިވަނީ މިއަދު ހަވީރު ކަމަށެވެ.

އެއް އެކްސިޑެންޓް ހިނގައިފައިވަނީ ދުއްވާފައި ދިޔަ ސައިކަލެއް ބުރިޖުގެ ޑިވައިޑައިގައި ޖެހިގެންނެވެ. އެ ހާދިސާގައި އަނިޔާވި މީހާ ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ދެވަނަ އެކްސިޑެންޓް ހިނގީ ދެ ކާރު ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ. އެ ހާދިސާގައި ކާރުގައި އިން މީހަކަށް އަނިޔާވެފައިވެެއެވެ. އަދި ބުނީ އެ ދެ މައްސަލަވެސް މިހާރު ބަލަމުންދާ ކަމަށެވެ.