އެމްޑީޕީ

އެމްޑީޕީގެ އިންތިހާބު: ދާއިމީ ލިސްޓް ޝަކުވާއަށް ހުޅުވާލައިފި

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު 2021 ގައި ވާދަކުރާ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އެ ޕާޓީން ބުނީ އެ ފުުރުސަތު ހުޅުވާލީ މިއަދުން ފެށިގެން އޯގަސްޓް 30 ވާ ހޯމަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ދާއިމީ ލިސްޓް އާންމުކޮށްފައިވަނީ އިއްޔެއެވެ. އެ ލިސްޓްގައި 700 ވުރެ ގިނަ ކެންޑިޑޭޓުންގެ ނަން ހިމަނާފައިވެއެވެ.

އެ ޕާޓީން ހުނީ ޝަކުވާ ބަލައިގަތުމުގެ ސުންގަޑި އަކީ ހޯމަ ދުވަހުގެ ހަވީރު ހަތަރެއް ކަމަށެވެ. އަދި އޮންލައިންކޮށް ހުށަހަޅާ ފަރާތްތަކަށް މިއަދުން ފެށިގެން ސުންގަޑި ހަމަވަންދެން [email protected] އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ އެވެ.

އެމްޑީޕީން ބުނީ މިއަދު ހުޅުވާލި ފުރުސަތަކީ އޯގަސްޓް 16، 2021 ގައި ހުޅުވާލި ޝަކުވާ ހުށަހެޅުމުގެ ފުރުސަތުގެ ތެރޭގައި ޝަކުވާ ހުށަހެޅުއްވި މީހުންނަަށް އެ މީހުންގެ ޝަކުވާ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓު އާންމު ކުރިއިރު ހިމެނިފައި ނުވާ މީހުންނަށް ހުޅުވާލެވުނު ފުރުސަތެއް ކަމަށެވެ. އަދި މިއަދު ހުޅުވާލި ފުރުސަތުގެ ތެރޭގައި ކުރިން ހުށަހަޅާފައި ނުވާ ޝަކުވާއަކާ ގުޅޭ ޝަކުވާއެއް އެއީ އައު ޝަކުވާ އެއް ނަމަވެސް ބަލައިނުގަނެވޭނެ ކަމަށް ބުންޏެވެ.