އަބްދުﷲ ޝާހިދު

މަގާމާ ހަވާލުވާން ޝާހިދު ނިއުޔޯކަށް

Aug 29, 2021

އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެމެރިކާގެ ނިއުޔޯކަށް ވަޑައިގެންފި އެވެ.

ޝާހިދު އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނީ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ. ޝާހިދު ނިއުޔޯކަށް ވަޑައިގަތީ މިދިޔަ ހަފުތާގެ ތެރޭގައި ޖަޕާން ކުރެއްވި ދަތުރުފުޅަށް ފަހު އެ ގައުމުންނެވެ.

ނިއުޔޯކަށް ވަޑައިގަތުމަށް ފަހު ޝާހިދު ވަނީ އޭނާގެ ކެބިނެޓް މެންބަރުންނާ ބައްދަލު ކުރެއްވުމަށްފަހު އެ ބައްދަލުވުމުގެ ފޮޓޯއެއް ޓްވީޓް ކުރައްވާފަ އެވެ.