ހުޅުމާލެ 147 ނަންބަރު ފްލެޓްގައި މިރޭ ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ދެ އާއިލާއަކަށް ވަގުތީ ބޯހިޔާވަހިކަން ދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޮރިޓީ އިން ބުނެފި އެވެ.
މިރޭ އިރުއޮއްސި ހަތެއް ޖެހި ފަހުން ހިނގި ހާދިސާގައި 147 ނަންބަރު ފްލެޓްގެ ދެވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި ވަނީ ރޯވެފައެވެ. އަދި ތިންވަނަ ފަންގިފިލާގެ އިތުރު ދެ އެޕާޓްމަންޓަކަށް އަލިފާނުގެ އަސަރުކޮށް ގެއްލުން ވިއެވެ.
އެންޑީއެމްއޭ އިން ބުނީ އަލިފާނުގެ ހާދިސާ އާއި ގުޅިގެން ހާލުގައި ޖެހުނު ދެ އާއިލާގެ 13 މީހަކަށް ވަގުތީ ބޯހިޔާ ވަހިކަމާއި ކެއިން ބުއިމުގެ އެހީތެރިކަން ފޯރުކޮށް ދީފައިވާ ކަމަށެވެ.