އެމްޑީޕީ

އެމްޑީޕީ އޮފީހުގައި މަރާމާރީއެއް، އަންހެނަކަށް އަނިޔާ

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އޮފީސްތެރޭގައި މާރާމާރީއެއް ހިންގައިފި އެވެ.

ފުލުހުން ދެންމެ ބުނީ އެމްޑީޕީގެ ރަސްމީ އޮފީހުގެ ތެރޭގައި މާރާމާރީއެއް ހިނގި ކަމުގެ މައުލޫމާތު 12:30 އެހާކަންހާއިރު ލިބިފައިވާ ކަމަށެވެ.

މާރާމާރީގައި އަންހެނަކަށް އަނިޔާވިއެވެ. އޭނާއަށް އޭޑީކޭގައި ދަނީ ފަރުވާ ދެމުން ކަމަށްވެސް ފުލުހުން ބުންޏެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލެއް ނުދެއެވެ. އަނިޔާވެފައިވަނީ 50 އަހަރުގެ އަންހެނަކަށެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން އަންހެން މީހާގެ ބޯ ވަނީ ފަޅާލާފައެވެ. އަނިޔާވި އަންހެން މީހާއަކީ އެމްޑީޕީގެ ސެކްރެޓޭރިއޭޓްގެ ސީނިއާ ސްޓާފެކެވެ.

ހިޔާލުތަފާތުވުން ބޮޑުވެ ދެ ފެކްޝަނަކަށް މަސައްކަތް އޮތް އެމްޑީޕީގެ މައި އޮފީސްތެރޭ މާރާމާރާއެއް ހިނގަން މެދުވެރިވީ ކީއްވެ ކަމެއްވެސް ފުލުހުން ނުބުނެއެވެ. ބުނީ މާރާމާރީ ހިންގި މައްސަލައިގެ ތަހުގީގު ހިންގަމުންދާ ކަމަށެވެ.

ސޯޝަން މަގުގައި ހުންނަ އެމްޑީޕީގެ އޮފީސް ހިންގާ އިމާރާތުގެ ދެ ފްލޯއެއްގައި ޕާޓީގެ އޮފީސް ހިންގައެވެ. އެއީ ގްރަންޑް ފްލޯ އާއި ފަސްޓް ފްލޯއެވެ.