މުޒާހަރާ

މުޒާހަރާ ދިގު ދަންމާނަން: އެމްޑީޕީ

Nov 26, 2015
14

ފުލުހުން އެންގި ނަމަވެސް، މާދަމާ ބާއްވާ މުޒާހަރާ ހުއްޓާނުލައި ދިގުދެމިގެންދާ ގޮތަށް ކުރިއަށް ގެންދާނެ ކަމަށް އެމްޑީޕީ އިން މިއަދު ބުނެފި އެވެ.

މުޒާހަރާ ކުރެވޭނީ މާދަމާ ރޭ 12:00 އަށް ކަމަށް ފުލުހުން އެންގުމާ ގުޅިގެން އެމްޑީޕީ އިން މިއަދު ބުނީ އެއީ ސިޔާސީ ގޮތުން އެންގި އެންގުމެއް ކަމަށެވެ. އަދި ފުލުހުން އެކަން އެންގި ނަމަވެސް މީގެ ކުރިން ވެސް ރޭވިފައިވާ ތިން ދުވަހަށް މުޒާހަރާ ދިގު ދަންމާނެ ކަމަށެވެ. އަދި ފުލުހުން މީގެ ކުރިން ވެސް އެގޮތަށް ހުއްދަ ދީފައި އޮތް ކަމަށް އެ ޕާޓީ އިން ބުންޏެވެ.

ހޯމް މިނިސްޓަރުގެ އެންގުމަށް ފުލުހުން މިހާރު އަންގާފައި ވަނީ މުޒާހަރާ މާދަމާ ރޭ ދަންވަރު 12:00 އަށް ނިންމާލުމަށެވެ. އަދި މުޒާހަރާ ކުރެވޭނީ އާޓިފިޝަލް ބީޗްގައި އެކަނި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.