އަބްދުﷲ ޝާހިދު

އާންމު މަޖިލީހުގައި ޝާހިދުގެ ތަރުޖަމާނަކީ މޮނިކާ

Sep 9, 2021
2

އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހުންނަވާ ދައުރުގައި އެމަނިކުފާނުގެ ތަރުޖަމާނެއްގެ ގޮތުގައި މޮނިކާ ގްރޭލީ ހަމަޖައްސައިފި އެވެ.

މޮނިކާއަކީ މިވަގުތު އދ. ނިއުސްގެ ޕޯޗްގީޒް އެޑިޓަރެވެ. އޭނާ ވަނީ އާންމު މަޖިލީހުގެ 73 ވަނަ ސެޝަންގެ ރައީސާ، މަރިއާ ފެރްނާންދާ އެސްޕިނޯސާގެ ތަރުޖަމާނުކަން 2018 އިން 2019 ގައި ކުރައްވާފަ އެވެ.

އައިޕީޔޫ އިން އިންތިޒާމު ކޮށްގެން ބޭއްވި ސްޕީކާސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އޮސްޓްރިއާގެ ވިއެނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިނިސްޓަރު ޝާހިދު މިހާރު ހުންނެވީ ނިއުޔޯކްގަ އެވެ.

ނިއުޔޯކަށް ވަޑައިގަތުމަށް ފަހު މިވަގުތު ނިއުޔޯކްގައި ހުންނެވި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މިނާކްޝީ ލޭކީ އާއި އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފަ އެވެ.

ޝާހިދު ރަސްމީކޮށް އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވާނީ އަންނަ އަންގާރަ ދުވަހު އެވެ.