ރެޑްވޭވް

ރެޑްވޭވްގެ ހަފްތާ ބަންދު ސޭލް ދެ ހަފްތާތެރޭ ނިމޭނެ

Sep 9, 2021

ރެޑްވޭވުން ކުރިއަށް ގެންދާ ހަފްތާ ބަންދު ސޭލަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު ދެ ހަފްތާތެރޭ ސޭލް ނިމޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރެޑްވޭވްގެ ހަފްތާ ބަންދު ސޭލަކީ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް އަދި ހުކުރު ދުވަހުގެ ހެނދުނު 08:00 އިން 11:00 އަށް ކުރިއަށް ގެންދާ ސޭލެކެވެ.

މިވަގުތުތަކުގައި ކާބޯތަކެތީގެ ގިނަ ބާވަތްތަކަކުން ޑިސްކައުންޓް ލިބިގެންދާ މި ސޭލަށް ތަރުހީބު ބޮޑުވެ، ރެޑްވޭވުން މިހާރު ވަނީ ޑިސްކައުންޓް ލިބޭނެ ބާވަތްތައް އިތުރުކޮށްފަ އެވެ.

އެގޮތުން ތަރުކާރީ، މޭވާ އަދި ފްރޯޒެން ފުޑްސްގެ އިތުރު ބާވަތްތަކާއި ރެޑްވޭވްގެ ބްރޭންޑްތަކުގެ ގިނަ ސާމާނުތައްވެސް މި ޕްރޮމޯޝަންގެ ތެރެއަށް އިތުރުކުރެވިފައިވާ ކަމަށް ރެޑްވޭވުން ބުންޏެވެ.

ރެޑްވޭވްގެ ބްރޭންޑްތަކުގެ ތެރެއިން މެޒްބަން ފަރާޓާ، ވޭވްސްޓާ ބާސްމަތީ، ބެސްލާ ޕާސްތާ، ނަޑެކް އަދި ޒޮޓިސް ޗީޒްގެ ބާވަތްތަކުން ފަސް ޕަސެންޓާއި 20 ޕަސެންޓްގެ ޑިސްކައުންޓެއް ލިބިގެންދާނެ އެވެ.

ރެޑްވޭވުން ބުނީ މި ސޭލް ކުރިއަށް ގެންދަން ދެން ބާކީ އޮތީ ދެ ހަފްތާ ކަމަށެވެ. އެގޮތުން މިއަދުވެސް ހަވީރު 4:00 އިން ފެށިގެން މިޕްރޮމޯޝަން ކުރިއަށްދާނެ އެވެ.