ސާފް ޗެމްޕިއަންޝިޕް

ސާފް ޗެމްޕިއަންޝިޕް ކެމްޕޭން ރައީސް ސޯލިހު އިފްތިތާހުކޮށްދެއްވައިފި

Sep 12, 2021

އަންނަ މަހު ފަށާ ސާފް ޗެމްޕިއަންޝިޕް ފުުޓްބޯޅަ މުބާރާތް ޕްރޮމޯޓްކޮށް ރާއްޖެއިން އަނެއްކާވެސް ތަށި ދިފާއުކުރުމުގެ ގޮތުން ހާއްސަ ކެމްޕޭނެއް ލޯންޗުކޮށްފި އެވެ.

މިރޭ ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވެވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިކެންޕެއިން އިފްތިތާހުކޮށްދެއްވުމުގެ ގޮތުން ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ އެއްވަނަ މަގާމަށް ލިބޭ ޓްރޮފީގެ ނަކަލު ޓްރޮފީއެއްގައި ރަމްޒީ ގޮތުން އަތް ޖައްސަވާލައްވާފައެވެ.

މިރޭގެ ރަސްމިއްޔާތުގައި ވަނީ ކެމްޕޭންގެ ދެ ޝިއާރެއްވެސް އިފްތިތާހުކޮށްފަ އެވެ. އެއީ "މަގޭ މަހަލްދީފް" އަދި "ތިންވަނަ ފަހަރު" އެެވެ.

އޭގެ އިތުރުން ސާފް ޗެމްޕިއަންޝިޕްގެ ޕާޓްނަރުންގެ ގޮތުގައި ދިރާގާއި އެސްޓީއޯ އަދި އެލައިޑް އިންޝުއަރެންސްއާއެކު ވަނީ ސޮއިވެސް ކޮށްފަ އެވެ.

ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް އެންމެ ފުރަތަަމަ ކާމިޔާބުކުރީ 2008 ވަނަ އަހަރު އެވެ. އަދި ދެވަނަ ފަހަރު އެ މުބާރާތް ކާމިޔާބުކުރީ 2018 ވަނަ އަހަރު އެވެ.

ސާޕް ޗެމްޕިއަންޝިޕް ފަށާނީ އަންނަ މަހު އެއްވަނަ ދުވަހު މާލޭގަ އެވެ. މިއީ އެހެން ގައުމަކާއި ބައިވެރިނުވެ ހަމައެކަނި ދިވެހިރާއްޖޭގައި ސާފް ޗެންޕިއަންޝިޕް މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.