އައްޑޫ ސިޓީ

އައްޑޫގައި ވަަޅިން ހަމަލާދީ މީހަކު ޒަހަމުކޮށްލައިފި

އައްޑޫގައި ވަަޅިން ހަމަލާދީ މީހަކު ޒަހަމުކޮށްލައިފި އެވެ.

ފުލުހުން ދެންމެ ބުނީ އައްޑޫ ސިޓީ ފްލެޓް ސަރަހައްދުގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމުކޮށްލާފައިވާ ކަމަަށެވެ. އަނިޔާވެފައިވަނީ 29 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

ހަމަލާ ދިނުމާއި ގުޅިގެން އެ މީހާގެ ގައިން ވަރަށް ގިނަ އަދަދަކަށް ލޭ އައިސްފައިވެއެވެ. ހަމަލާ ދިން ސަރަހައްދުގައި ވަރަށް ގިނަ އަދަދަކަށް ލޭ ހުއްޓެވެ. އަދި އާންމުވެފައިވާ ފޮޓޯތަކުން އެހެން މީހަކަށްވެސް އަނިޔާވެ ވެއްޓިފައި އޮތް މަންޒަރު ފެނެއެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނީ އެއީ ހަމަލާ ހުއްޓުވަން މަސައްކަތް ކުރި މީހެއް ކަމަށެވެ. އޭނާއަށްވެސް ވަނީ އަނިޔާވެފައެވެ.