ޖިންސީ ގޯނާ

ސާދަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށްފި

އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިިފި އެވެ.

ފުލުހުން ބުނީ ގއ އަދި ގދ އަތޮޅު ހިމެނޭ އަޕަސައުތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ހުށައެޅި ބަލަމުންދާ ކަމަށެވެ.

މި މައްސަލަ ހުށައަޅާފައިވަނީ މި މަހުގެ 12 ވަނަ ދުވަހު ކަމަަށްވެސް ބުންޏެވެ. ނަމަވެސް މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައިނުވެއެވެ. ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު ހިންގަނީ ޖެންޑާ މިނިސްޓްރީއާ ގުޅިގެން ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް އިތުރުވަމުންދާއިރު ކޮންމެ ދުވަހަކުހެން މިފަދަ މައްސަލަތައް ރިޕޯޓް ކުރެވި ތަހުގީގު ކުރަމުން ދެއެވެ.

އިއްޔެވެސް މިފަދަ މައްސަލައެއްގައި ފުލުހަކު ހައްޔަރު ކުރިއެވެ. އެއީ އައްޑޫ ސިޓީގައި 16 އަހަރުގެ އަންހެން ކުއްޖަކަަށް ޖިންސީ ގޯނާ ކޮށްގެންނެވެ.