މާރާމާރީ ހިންގުން

މުލިއާގެ ކައިރީ މާރާމާރީއެއް، މީހަކަށް އަނިޔާ

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ގެކޮޅު "މުލިއާގެ" ކައިރީގައި މާރާމާރީއެއް ހިންގައިފި އެވެ.

ފުލުހުން ބުނީ މުލިއާގެ ކައިރީގައި މާރާމާރީއެއް ހިނގި ކަމުގެ މައުލޫމާތު މިރޭ އަށެއް ޖަހަނިކޮށް ފުލުހަށް ލިބިފައިވާ ކަަމަށެވެ. މާރާމާރީގައި އަނިޔާވި މީހާއަށް މިހާރު ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ. އެއީ ދިވެހި ފިރިހެނެއް ކަމަށްވެސް ބުންޏެވެ.

މާރާމާރީގެ މާބޮޑު ތަފްސީލެއް ނުދީ ފުލުުހުން ބުނީ މައްސަލަ ބަަލަމުންދާ ކަަމަށެވެ.

އާންމުވެފައިވާ ފޮޓޯތަކުން ފެންނަނީ މެދުޒިޔާރަތް ކުރިމަތީ މީހަކު ވެއްޓިފައި އޮއްވައެވެ. އޭނާ ދުއްވި ކަމަށް ބެލެވޭ ސައިކަލްވެސް ހުއްޓާ ފެނެއެވެ. އަދި އެ ތަނުގައި އެވަގުތު ސެކިއުރިޓީގައި ތިބި ސިފައިންގެ ދެ މީހަކުވެސް މަޑުކޮށްލައިގެން ތިއްބާ ފެނެއެވެ.