ބަންގްލަދޭޝް

ބަންގްލަދޭޝްގެ އެންމެ ބޮޑު އަމިއްލަ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް

Sep 18, 2021
1

ޔޫއެސް-ބަންގްލާގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ނިންމައިފި އެވެ.

ބަންގްލަދޭޝްގެ އެންމެ ބޮޑު އަމިއްލަ އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް ފަށާނީ މިއަހަރުގެ ނޮވެމްބަރު މަހު އެވެ.

ބަންގްލަދޭޝްގެ ނޫސްތަކުގައިވާ ގޮތުން ޔޫއެސް-ބަންގްލާ އިން ރާއްޖެ އަށް ހަފްތާ އަކު ހަތަރު ދަތުރުކުރާނެ އެވެ.

މިދަތުރުތަކާ އެކު ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ޔޫއެސް-ބަންގްލާގެ ދަތުރުތައް 2014 ވަނަ އަހަރު ފަށާފައިވާއިރު އެ އެއާލައިނުން މިހާރު ދަނީ ސައުދީ އާއި އަވަށްޓެރި ސްރީލަންކާ އަށް ވެސް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންނެވެ.

ރާއްޖެ އަށް އަންނަ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން މިދިޔަ އަހަރުގެ މެދަކާ ހަމައަށް އެންމެ ގިނަ މީހުން އައީ ބަންގްލަދޭޝް އިންނެވެ. ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ނިސްބަތްވަނީ ވެސް ބަންގްލަދޭޝް އަށެވެ.