އެޑްވަޓޯރިއަލް

ހުރިހާ ޓޫލްއަކަށް އެއް ބެޓެރީ

Sep 26, 2021

ގެދޮރު އިމާރާތްކުރުމާއި ވަޑާންކުރުމަކީ ދިވެހިންގެ ފަންނުވެރިކަން އިންތިހާއަށް ފެނިގެންދާ މަސައްކަތެކެވެ. ޒަމާނަށް އަންނަ ބަދަލާއި އެއްކޮށް މަސައްކަތް ކުރުމުގައި ބޭނުންކުރާ ޓޫލްސްތަކަށް އަންނަނީ ނުހަނު ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ.

އަތުކީސް، އަތުބުރުމާ، އަތުރޮންދާ ފަދަ އެކި އެކި އާލާތްތައް ބޭނުންކުރި ޒަމާން މާޒީވެ ގޮސްފި އެވެ. ކަރަންޓު ބުރުމާ، ކަރަންޓު ކީސް ފަދަ އާލާތްތައް ވުޖޫދުވެގެން އައުމާއިއެކު މަސައްކަތުގެ ފުރިހަމަކަމާއި މަސައްކަތް ކުރުން ހަލުވި ވެގެން ދިޔަ އެވެ.

ބެޓެރީ ޓޫލްސް ވެގެންދިޔައީ ފުރިހަމަ މިނިވަންކަމާއިއެކު ކޮންމެ ތަނެއްގައި ވެސް މަސައްކަތް ކޮށްލުމަށް ކޮށާލެވުނު މަގަކަށެވެ. ނަމަވެސް ބެޓެރީ ޓޫލްސްގެ އެއް ގޮންޖެހުމަކީ ކޮންމެ ޓޫލްއަކަށް ވަކި ވަކި ބެޓަރީ ގެންގުޅެން ޖެހުމާއި ކޮންމެ ވައްތަރެއްގެ ބެޓެރީއަކާއިއެކު އޭގެ ޗާޖަރުވެސް ގެންގުޅެން ޖެހުމެވެ.

އެކަމަށް ސްލިމްފިޓިން އިން ހައްލެއް ހޯދައިދީފި އެވެ. ސްލިމްފިޓިން އިން ރާއްޖެއަށް އެތެރެކޮށް ވިއްކާ ޖަރުމަނުގެ މަޝްހޫރު ރޮނިކްސް ބްރޭންޑުން ތައާރަފްކޮށްފައިވާ 89 ސީރީސްގެ ބެޓެރީ ޓޫލްސް އަކީ އެއް ބެޓެރި ހުރިހާ ޓޫލް އަކަށް ބޭނުންކުރެވޭ ވަރުގަދަ މޮޅު ޓޫލްތަކެކެވެ. މީގެ ޚާއްސަ އެއްކަމަކީ މިއީ 20 ވޯލްޓުގެ ބެޓެރީ ބޭނުންކުރާ މެދުނުކެނޑި ގި ނަވަގުތު މަސައްކަތް ކޮށްލެވޭނެ ޓޫލްސްތަކެއް ކަމެވެ.

ބްރަޝްލެސް މޯޓަރު ބޭނުންކޮށްފައިވާ މިސީރީސްގައި އެކި ވައްތަރުގެ ބުރުމާ، ސާކިއުލާކީސް، ގްރޭންޑަރު، ލީފްބްލޯވަރުގެ އިތުރުން އަދިވެސް އެހެން ޓޫލްސްތައް ހިމެނެ އެވެ. އެއް ބެޓެރިން ބޭނުން ކުރެވޭ 89 ސީރީސް ޓޫލްސް އަކީ މިދެންނެވި ހުރިހާ ޓޫލްސް އަކަށް ގޮންޖަހާލި ޓެކްނޮލޮޖީ އެކެވެ.

ސްލިމްފިޓިންގެ އަމާޒަކީ ދުނިޔޭގެ ނަން ހިނގާ މަޝްހޫރު ބްރޭންޑްތަކުގެ މުދާ ރާއްޖެއަށް ތައާރަފްކޮށް މަސައްކަތުގެ ދާއިރާއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީ މަސައްކަތް ހަލުވިކޮށްކޮށްލުމަށް އެހީތެރިވެދިނުމެވެ.

ފަރީދީމަގުގައި ހުންނަ ސްލިމްފިޓިން ފިހާރައިން އޮރަކަލް ބްރޭންޑު އަދި އޮޔާމާ ބްރޭންޑުގެ އިސްޓިކާގެ އިތުރުން ސްލިމް ބްރޭންޑުގެ ހޫނުފެނަށް ހާއްސަ ހޮޅިއާއި ފިޓިންގް އަދި ފަރުނީޗަރު ހެދުމަށް ބޭނުންވާ ފިލަޔާއި ހުޅާއި އެހެނިހެންވެސް ފިޓިންގްސް ލިބޭނެ އެވެ.

މީގެ އިތުރުން ޔޫރަޕުގެ މަޝްހޫރު އަކްފިކްސް ބްރޭންޑުގެ ސިލިކޯންއާއި އެހެނިހެން ކެމިކަލް އަދި ލެޑްލައިޓާއި ގޭތެރެއަށް ބޭނުންވާ އެކި ސާމާނާއި، ޖަރުމަނުގެ ޑީއެންޑްކޭ ބްރޭންޑުގެ ޝަވަރު ސެޓާއި ފެން އިސްކުރުވެސް ލިބެން ހުންނާނެ އެވެ.