މީރާ

މީރާ އާއި އެންސީބީ އާ ދެމެދު އެއްބަސްވުމެއް

Sep 20, 2021

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި އިންޓަޕޯލް ނެޝަނަލް ސެންޓްރަލް ބިއުރޯ ފޯ މޯލްޑިވްސް (އެންސީބީ) އާ ދެމެދު މިއަދު އެމްއޯޔޫ އެއްގައި ސޮއިކޮށްފި އެވެ

މީރާއިން ބުނީ މި އެންއޯޔޫގެ ސަބަބުން މީރާ އާއި އެންސީބީއާ ދެމެދުގައިވާ ގުޅުން ވަރުގަދަވެ ޓެކްސްއާ ގުޅޭ ކުށްތައް ހުއްޓުވުމަށް ކުށްކުރާ މީހުންނާ ގުޅޭ އެކި މައުލޫމާތު އެންސީބީ މެދުވެރިކޮށް މީރާއަށް ފޯރުކޮށްދޭނެ ކަމަށެވެ. އަދި ކުށްކުރާ މީހުންގެ ކުށުގެ ރެކޯޑްތައް ދެނެގަތުމުގެ އިތުރުން އެފަދަ މީހުން ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވަނަމަ އެ ކަމުގެ މައުލޫމާތުތައް ހޯދުމުގެ މަގު ފަހި ވެގެންދާނެ ކަމަށްވެސް މީރާއިން ބުންޏެވެ. އަދި ކްރިމިނަލް އޯގަނައިޒޭޝަންތަކުން ގެންގުޅޭ އެކިއެކި އުކުޅުތައް ދެނެގަތުމަށް އެހީ އަކަށް ވެގެންދާނެ ކަމަށްވެސް ބުންޏެވެ.

އެމްއޯޔޫގައި ސޮއިކޮށްފައިވަނީ މިއަދު މޯލްޑިވްސް ޕޮލިސް ސާވިސް ގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މީރާގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލްއެވެ. އަދި އެންސީބީގެ ފަރާތުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.