އަލީ ވަހީދު

ޔާމީންގެ ވެރިކަން ބަދަލުކުރަން މަސައްކަތް ކުރެވުނީތީ ހިތާމަކުރަން: އަލީ ވަހީދު

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަން ބަދަލުކުރަން މަސައްކަތް ކުރެވުނީތީ ހިތާމަ ކުރައްވާ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. އަލީ ވަހީދު މިހެން ވިދާޅުވީ ޔޫކޭގެ ޖަލުން މިނިވަންވުމާއެކު މިރޭ އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައެވެ.

ނޫސްވެރިންގެ ބައްދަލްވުމުގައި އަލީ ވަހީދު ވިދާޅުވީ މި ވެރިކަން ގެނައުމަށް ކުރެވުނު މަސައްކަތްތަކާމެދު ހިތާމަ ކުރައްވާ ކަަމަށެވެ. އަދި ރަައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރަން މަސައްކަތް ކުރެވުނީތީ ރައްޔިތުންގެ ކިބައިން މައާފަށް އެދޭ ކަަމަށެވެ. އޭނާ ވިދާޅުވީ ބުރަ މަަސައްކަތުން ގެނެވުނީ "ބޭއިންސާފު" ޝަރީއަތެއް ކަމަށެވެ. އަދި ހިދުމަތް ކުރެއްވީ އިހުލާސްތެރި ކަމާއެކު ކަމަށެވެ.

މި ސަރުކާރާއެކު ދެން ދުވަހަކުވެސް މަސައްކަތް ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އަދި އޭނާ ވަނީ ރައީސް އަބްދުﷲ ޔާމީން މިރެއިން މިރެއަށް މިނިވަން ކުރަން ޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ. އަލީ ވަހީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލާގައި ރައީސް ޔާމީނަށްގެ މައްޗަށް އެއްވެސް ދައުވާއެއް ނުކުރެވޭނެ ކަމަށެވެ. އެކަން މި ސަރުކާރުގެ ވެރިންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ މި ސަރުކާރުން ފުރަތަމަ މަސައްކަތް ކުރީ ރައީސް ޔާމީން ޖަލަށް ލެއްވުމަށް ނޫން ކަމަށާ ރައީސް ޔާމީން ޖަލަށް ލެއްވުމަށް ނިންމެވީ އިދިކޮޅު ކޯލިޝަނުން މާބޮޑެތި ޖަލްސާތަކެއް ބޭއްވެވުމުން ކަމަށެވެ. އަދި ކާނިވާ ސަރަހައްދުގައި ތިން ޖަލްސާއެއް ބޭއްވިތަނާ ރައީސް ޔާމީން ޖަލަށް ލެއްވުމުގެ މަސައްކަތް ސަރުކާރުން ފައްޓަވައިފި ކަމަށެވެ.