މުޒާހަރާ

އެމްޑީޕީގެ މުޒާހަރާ ރޫޅާލައި 13 މީހުން ހައްޔަރުކޮށްފި

Nov 28, 2015
13

އެމްޑީޕީ އިން ކުރިއަށް ގެންދާ، "މިންޖުވާން" މުޒާހަރާގެ ތެރެއިން މިއަދު ހަވީރު މަގުމައްޗަށް ނުކުތުމުން ފުލުހުން ވަގުތުން މުޒާހަރާ ރޫޅާލައިފި އެވެ. މުޒާހަރާ ރޫޅާލުމުގެ ތެރެއިން 13 މީހަކު ވަނީ ހައްޔަރު ވެސް ކޮށްފަ އެވެ.

އެމްޑީޕީގެ ލީޑަޝިޕްގެ އިސްވެރިން ބޮޑުތަކުރުފާނު މަގުން އާޓީފިޝަލް ބީޗާ ހަމަޔަށް ދާން ފެށުމުން ރަޔަޓް ގިޔަރުގައި ތިބި ފުލުހުން ވަނީ ތަސްކަލޫސާއާ ހިސާބުން އެ މީހުން ހުއްޓުވައި މުޒާހަރާ ހާވިޔާ ކޮށްލައިފަ އެވެ. ފުލުހުން ވަނީ މުޒާހަރާ ހާވިޔާ ކޮށްލުމަށް މުޒާހަރާގެ ތެރެއަށް ޕެޕާ ސްޕްރޭ އާއި ކަރުނަ ގޭސް ޖަހައިފަ އެވެ. އެގޮތުން އާޓިފިޝަލް ބީޗާ ހަމަޔަށް ބައިވެރިން ފަހަތަށް ޖައްސައި ޕެޕާ ސްޕްރޭ ވެސް ވަނީ މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ޖަހައިފަ އެވެ. އެމްޑީޕީގެ ހަރުގެ ތެރެއަށް ވެސް ފުލުހުން ވަދެ ވަނީ ބަލައިފަ އެވެ. 

ރަޔަޓް ގިޔަރުގައި ތިބި ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން އެކި ސަރަހައްދުތަކަށް އެއްވާން އުޅުމުން އެކަން ވެސް ހުއްޓުވަން މަސައްކަތް ފަށައިފަ އެވެ. އެގޮތުން އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުރި ޓެންޓް ހުސްކޮށް އާޓިފިޝަލް ބީޗުން ވެސް މީހުން އަންނަނީ ދުރަށްލަމުންނެވެ. އަދި މަޖީދީ މަގަށް އެއްވާން އުޅުމުން ހީނާމާގޭ ޕާކިން ސަރަހައްދުން ފަސް މީހަކު ހައްޔަރު ކުރި އެވެ. ފުލުހުން ބުނީ 13 މީހަކުު ޖުމްލަ ހައްޔަރު ކުރި ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން މުޒާހަރާގައި އިސްކޮށް އުޅޭ ބައެއް ފަރާތްތައް ވަނީ ހައްޔަރުކޮށްފަ އެވެ. އެގޮތުން ރައީސް މުހައްމަދު ނަޝީދުގެ ރަނިންމޭޓް މުސްތޮފާ ލުތުފީ ހިމެނެ އެވެ. ފުލުހުން މިއަދުވެސް އިލްތިމާސްކޮށްފައި ވަނީ މަގުމައްޗަށް ނުކުމެއްޖެ ނަމަ މުޒާހަރާ ރޫޅާލާނެ ކަމަށެވެ.

ފުލުހުން ބުނީ އެމްޑީޕީގެ މުޒާހަރާ އާޓިފިޝަލް ބީޗްގައި ތިބެގެން މިރޭ 12:00 ހަމަޔަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ތަފްސީލް އަންނަނީ...