މިނިސްޓްރީ އޮފް އެޑިއުކޭޝަން

ކުއްލި ހާލަތުގައި ލަފާދޭ ކޮމިޓީ އެކުލަވާލައިފި

Sep 23, 2021

އެޑިއުކޭޝަން މިނިސްޓްރީން ކުއްލި ހާލަތްތަކުގައި އަމަލުކުރަންޖެހޭ ވަގުތު އެކަމާ ގުޅޭގޮތުން ލަފާދޭނެ އެޑްވައިޒަރީ ކޮމިޓީއެއް އުފައްދައިފި އެވެ.

މިނިސްޓްރީން މި ކޮމިޓީ އިއްޔެގެ ވަގުތެއްގައި އެކުލަވާލީ މިހާރު އަމަލުކުރަމުންދާ ތައުލީމުގެ ގާނޫނުގެ ދަށުންނެވެ.

މުޅިން އަލަށް އެކުލަވާލި ކޮމިޓީގައި ތަފާތު 12 ދާއިރާއަކުން 21 މެންބަރުން ވަނީ ހިމަނާފަ އެވެ.

ކޮމިޓީގައި ބޭފުޅުން ހިމެނޭ ދާއިރާތައް:

  • ޔުނިސެފް ކައުންޓްރީ އޮފީސް އަދި އެޑިއުކޭޝަން ސެކްޓާގެ ކަމާގުޅޭ ފަރާތްތައް
  • މިނިސްޓްރީ އޮފް އެންވަޔަރްމަންޓް، ކްލައިމެޓްޗޭންޖު އެންޑް ޓެކްނޮލޮޖީ
  • ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ
  • ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު
  • މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް
  • ހެލްތު ޕްރޮޓެކްޝަން އެޖެންސީ
  • މިނިސްޓްރީ އޮފް ފިނޭންސް
  • ލޯކަލް ގަވަމެންޓް އޮތޯރިޓީ
  • ޖެންޑާ މިނިސްޓްރީ
  • ރެޑް ކްރެސެންޓް
  • ސިފައިން
  • ޕޮލިސް

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މިފަދަ ކޮމިޓީއެއް އުފެއްދުމުގެ އެންމެ މުހިއްމު ބޭނުމަކީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށްވެ. އަދި ސްކޫލު ތަކުގެ ރައްކާތެރިކަން ދެމެހެއްޓުމާއި އެކު ކުއްލި ހާލަތްތަކާއި ކާރިސާތަކުގެ ވަގުތުގައި ބޭނުންވާ ފަންނީ ލަފަ އާއި އިރުޝާދު ދިނުމާއި ކަމާގުޅޭ އިދާރާތައް ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ.

ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އިއްޔެ ބާއްވާފައިވާއިރު ކޮންމެ މަހަކު އެއް ފަހަރު މި ކޮމިޓީ ބައްދަލުވުމަށް އުސޫލުގައިވެ އެވެ.

ތައުލީމާ ބެހޭ ގާނޫނުގެ ދަށުން ކިޔަވައިދޭ ޓީޗަރުން ރަޖިސްޓްރީ ކޮށް ޓީޗާސް ރެޖިސްޓްރޭޝަން ބޯޑު ވެސް މިހާރު ވަނީ އެކުލަވާލާފަ އެވެ.