އަބްދުއްސައްތާރު މޫސާދީދީ

އަބްދުއްސައްތާރު މޫސާދީދީގެ ތައުޒިޔާގެ ދަފުތަރު ހުޅުވައިފި

Nov 29, 2015

ނިޝާން އިއްޒުއްދީނުގެ އިއްޒަތްތެރި ވެރިޔާ، އަބްދުއްސައތާރު މޫސާދީދީގެ ހަނދާނުގައި ބާއްވާ ތައުޒިޔާގެ ދަފުތަރު މިއަދު ފޮރިން މިނިސްޓްރީގައި ބާއްވައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއަދު ފެށިގެން ޖެނުއަރީ އެއްވަނަ ދުވަހާ ހަމައަށް ތައުޒިޔާގެ ދަފުތަރު އޮންނާނެ ކަމަށާއި މިއަދު 12:00 އިން ހަވީރު 5:00 ޖަހަން ދެން ދަފުތަރު ހުޅުވާފައި ބާއްވާއިރު މާދަމާ އާއި އަންގާރަ ދުވަހު، ހެނދުނު 9:00 އިން ހަވީރު 5:00 އަށް ދަފުތަރު އޮންނާނެ ކަމަށެވެ.

ހުކުރު ދުވަހުގެ އަބްދުއްސަތާރު މޫސާދީދީ އަވަހާރަވީ ތައިލެންޑްގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އުމުފުޅުން 79 އަހަރުގަ އެވެ. އެމަނިކުފާނަކީ ދިވެހި ރާއްޖެއަށާއި ދިވެހި ދައުލަތަށް އަގު ނުކުރެވޭވަރުގެ ހިދުމަތް ކޮށްދެއްވާފައިވާ ހިދުމަތްތެރިއެކެވެ. އެ މަނިކުފާނު އަވަހާރަވުމަށްފަހު ރާއްޖެ މިވަގުތު އޮތީ ގައުމީ ހިތާމާގަ އެވެ.