އިމިގްރޭޝަން

ބޯޑާ މައިލްސްގެ ގޯލްޑް މެމްބަރުންނަށް ވީއައިޕީގެ ހިދުމަތް

ރާއްޖެ އަންނަ ޓޫރިސްޓުން ރާއްޖެއާ މެދު ޝައުގުވެރިކަން އިތުރު ކުރަން ތައާރަފު ކުރި "މޯލްޑިވްސް ބޯޑާ މައިލްސް" ގެ ގޯލްޑް ނުވަތަ "އަބާރަނަ" މެމްބަރުންނަށް ވީއައިޕީގެ ހިދުމަތް ލިބޭނެ ގޮތް ހަދައިފި އެވެ.

ގޯލްޑް މެމްބަރުންނަށް ވީއައިޕީގެ ހިދުމަތް ދޭން ފެށުމާއެކު އެ ޕެކޭޖް ނަގާފައިވާ މެމްބަރުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުންނަ މާމަހި އެގްޒެކްޓިވް ލައުންޖް ބޭނުން ކުރެވޭނެ އެެވެ.

އޭގެ އިތުރުން ގޯލްޑް ޕެކޭޖްގެ މެމްބަރުން މަތިންދާބޯޓުން ފޭބުމާއެކު އެމީހުންގެ ލަގެޖުތަކާ ޕާސްޕޯޓުތަކާ ހަވާލުވެ އެ މީހުން ދާން ބޭނުންވާ މަންޒިލަށް ދިއުމަށް އެހީތެރި ވެދޭނެ އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ އަދި އެމްއޭސީއެލް ގުޅިގެން މިދިޔަ އަހަރުގެ ސްޕެޓެމްބަރު މަހު ތައާރަފުކުރި ބޯޑާ މައިލްސް ފަރުމާކޮށްފައި ވަނީ ބޯޑަރު ހުރަސްކޮށް ރާއްޖެ އަންނަ ޓޫރިސްޓުންނަށް ޕޮއިންޓް ލިބޭ ގޮތަށެވެ.