ދާންދޫ

މީހެއްގެ ކަރުގައި ހިފި ކައުންސިލަރަކު ހައްޔަރުކޮށްފި

ގއ. ދާންދޫގައި މީހެއްގެ ކަރުގަ ހިފައި މާރަމާރީ ހިންގި މައްސަލާގައި އެރަށު ކައުންސިލް އިދާރާގެ ނައިބު ރައީސް އިގްބާލް އަބްދުﷲ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ ދާންދޫގައި ކައުންސިލުން ހިދުމަތް ހޯދަން ދިޔަ މީހެއްގެ ކަރުގައި ހިފާ މާރަމާރީ ހިނގަން އުޅުމުގެ ތެރޭގައި އުމުރުން 24 އަހަރުގެ ޒުވާނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އަދި މިހާރު އެ މައްސަލަ ތަހުގީގުކުރުމަށް އެމީހާއަށް 15 ދުވަހުގެ ބަނދަށް ވަނީ ކޯޓުންޖަހާފާވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ކައުންސިލަށް ހިދުމަތް ހޯދަންދިޔަ މީހާގެ ކަރުގައި އިގްބާލް ހިފައި އޭނާއަށް ބައެއް ކަހަލަ އަނިޔާ ވުމާއި ގުޅިގެން ދާންދޫ ސިއްހީ މަރުކަޒުން ފަރުވާހޯދާފައިވެއެވެ. އެހެން ނަމަވެސް އޭގެ ތަފްސީލެއް ހޯދުމަށް ސިއްހީ މަރުކަޒަށް ގުޅޭގޮތެއް ނުވި އެވެ.