ބޮލީވުޑް

"ހާފް ގާލްފްރެންޑް" އާ ބެހޭގޮތުން ވާހަކަދައްކަން ކްރީތީ ބޭނުމެއްނުވޭ

Nov 30, 2015

މިދިޔަ އަހަރު ނިކުތް "ހީރޯޕަންތީ"އިން ބޮލީވުޑަށް ތައާރަފުވި ބަތަލާ ކްރީތީ ސަނޮން އަންނަ އަންނަނީ ފިލްމުތަކުން ގިނަ ފުރުސަތުތަކެއް ލިބެމުންނެވެ.

އެގޮތުން ޑައިރެކްޓްރު މޯހިތު ސުރީ ދެން އުފައްދަން ނިންމާފައިވާ ފިލްމު "ހާފް ގާލްފްރެންޑް"ގެ ބަތަލާ ރޯލު ކުޅެން ކްރީތީއަށް ހުށަހަޅާފައިވާ ވާހަކަތަކެއް ވަނީ ދެކެވިފަ އެވެ.

އަންނަ މަހުގެ 18ވަނަ ދުވަހު ރިލީޒްކުރާ "ދިލްވާލޭ" ޕްރޮމޯޓްކުރުމުގެ ބުރަކޮށް ހަރަކާތްތެރިވަމުން އަންނަ ކްރީތީ ވަނީ މިފިލްމުގެ ސްކްރިޕްޓާއި ބެހޭގޮތުން އޭނާ އާއި މޯހިތު ވާހަކަދައްކާފައިވާ ކަމަށާއި ނަމަވެސް އެފިލްމާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކަން ބޭނުންނުވާ ކަމަށް ބުނެފަ އެވެ.

ކްރީތީ ވަނީ ފިލްމުގެ ސްކްރިޕްޓާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި ނަމަވެސް އަދި އެކަމާއި ބެހޭގޮތުން އެއްވެސް ވާހަކައެއް އަދި ހަމާނުކުރެވޭނެ ކަމަށް ބުނެފަ އެވެ.

"އަދި އެއްވެސް ކަމެއް މުޅިން ޔަގީނެއް ނުވޭ. އެހެންވީމާ އަހަރެން މިފިލްމާއި ބެހޭގޮތުން ވާހަކަދެއްކުން ރަނގަޅެއް ނޫން" ކްރީތީ ބުންޏެވެ.

ޗޭތަން ބަގަތް ލިޔެފައިވާ ވާހަކަ "ހާފް ގާލްފްރެންޑް" މިފޮތް މިދިޔަ އަހަރު ލޯންޗޮށްދީފައިވަނީ ވެސް ކްރީތީ އެވެ. މިފިލްމަކީ މިވާހަކައިގެ މައްޗަށް އުފައްދާ ފިލްމެކެވެ.

ބުނެވޭ ގޮތުގައި ކްރީތީ އާއެކު މިިލްމުގެ ލީޑްރޯލުން ފެނިގެންދާނީ "ކައި ޕޯޗޭ"ގެ އެކްޓަރު ސުޝާންތް ސިންގް ރާޖްޕޫތް އެވެ.