ހަބަރު

މި ސަރުކާރުން ކަނޑުއަޑީގައި ބޭކާރު މީޑިއާ ސްޓަންޓެއް ނުޖައްސާނެ: ތޯރިގު

ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ ސަރުކާރަކީ ކަނޑުއަޑީގައި ބޭކާރު މީޑިއާ ސްޓަންޓު ޖެއްސުން ފަދަ ނަތީޖާއެއް ނުނިކުންނަ ކަންތައް ކުރާ ސަރުކާރެއް ނޫން ކަމަށް އެންވާރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އދ. އިން ބާއްވާ އެންމެ ބޮޑު ސަމިޓު ކަމަށްވާ "ކޮޕް21" ގައި ބައިވެރިވުމަށް ފްރާންސްގެ ވެރިރަށް ޕެރިހަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާއި ބައްދަލުކުރައްވާ ތޯރިގު ދެއްކެވި ވާހަކަފުޅުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ކަންތައްތަކަށް ފާޑު ކިޔާ ވިދާޅުވީ ރައީސް ޔާމިންގެ ސަރުކާރަކީ ބޭކާރު މީޑިއާ ސްޓަންޓުރަށް ކުޅޭ ބައެއް ނޫން ކަމަށާއި އަދި އެފަދަ ކަންކަމަކީ އެއްވެސް ނަތީޖާއެއް މިހާތަނަށް ނިކުމެފައި ނުވާ ބޭކާރު ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންނަކީ ކަނޑުއަޑީގައި ކެބިނެޓު މީޓިންތަށް ބާއްވާބައެއް ނޫން. ބޭނުމިއްޔާ އެކަންވެސް ކުރެވިދާނެ. ނަމަވެސް މިހާތަނަށް އެކަން ކޮށްގެންއެއިން ނިކުތީ ކޮން ނަތީޖާއެއް؟ އަޅުގަނޑުމެން ސަރުކާރަކީ އެފަދަ ބޭކާރު ސްޓަންޓުތަށް ހަދާބައެއް ނޫން،" ތޯރިގު ވިދާޅުވި އެވެ.

ތޯރިގު ވިދާޅުވީ ގޮތުގައި މިހާރުގެ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުން މިހާތަނަށް ވެސް ރަނގަޅު ނަތީޖާތަކެއް ނެރެފައިވާނެ ކަމަށާއި އަދި ކޮޕް21ގެ ބައްދަލުވުމަށް ފަހު އިތުރު ކުރިއެރުން ތަކެއް ލިބިގެން ދާނެ ކަމަށެވެ.

އަޅުގަނޑުމެންގެ ސަރުކާރަކީ ބޭކާރު މީޑިއާ މީޑިއާ ސްޓަންޓު ކުޅޭ ސަރުކާރެއް ނޫން. ކަންޑުއަޑީގަ ގޮސް ކެބިނެޓު މީޓިންބާއްވާ ބައެއް ނޫން .، އަޅުގަނޑުމެންނށް ވެސް ބޭއްވި ދާނެ ނަމަވެސް އޭގެ އެދެވޭ ނަތީޖާއެއް ނާންނާނެ. އެބާއްވައިގެން ކޮން ކަމެއް ތޯވީ ... އަޅޫގަނޑުމެން އަބަދުވެސް ކުރަނީ ކުރާކަމެއްގެ ފައިދާ ހުރި ނަތީޖާ ލިބޭ މަސައްކަތްތަށް އެފަދަ ކަންތަށް ކޮށް އަބަދުވެސް ދެމިތިބޭންނ