އެސްޓީއޯ

ކުދި ވިޔަފާރިތަކަށް އެސްޓީއޯ ނުވަންނަން ގޮވާލައިިފި

ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން ކުދި ވިޔަފާރިތަަކަށް ވަނުން ހުއްޓާލަން މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔައުގޫބު ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާަޅުވީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލަށް މިއަދު މަޖިލީހުގައި ކުރި ބަހުސްގަ އެވެ.

ނިމިގެން ދިޔަ ސަރުކާރުގައި އެސްޓީއޯއިން އެކި ރަށްރަށުގައި ބޭސް ފިހާރަތައް ގާއިމުކުރި ކުރުމަށް އިޝާރާތް ކުރައްވައި ޔައުގޫބު ވިދާޅުވީ އެސްޓީއޯގެ ބޭނުމަކަށްވީ އެ ވިޔަފާރީގެ ތެރެއަށް ވެސް ވާދަވެރި ކަމާއެކު ވަދެ ވިޔަފާރި ކުރިއަށް ގެންދިއުން ކަމަށެވެ.

އެކަން އެހެން އޮތް އިރު ރާއްޖޭގައި ހިންގާ ބޭސް ފިހާރަތަކަށް ބޭސް ސަޕްލައިކޮށް ދެނީ ވެސް އެސްޓީއޯއިން ކަމަށާއި އެ ކުދި ވިޔަފާރިތަކާ ވާދަކުރަނީ ވެސް ހަމަ އެ އެސްޓީއޯއިން ކަމަށެވެ.

"މިއީ ކުދި ވިޔަފާރިތައް ހިމާޔަތްކުރަން އަޅުގަނޑުމެން ކުރަން ޖެހޭ މަސައްކަތެއް. އެގޮތުގައި އޮއްވާ އޭރުގެ ސަރުކާރުން ކުދި ވިޔަފާރިތަކާ ވާދަކޮށް ވިޔަފާރިތައް ހަމަ އެއްކޮށް ހަލާކުކޮށްލަން މެދުވެކުރުވި ސަބަބެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ." ޔައުގޫބު ވިދާޅުވި އެވެ.

ޔައުގޫބު ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން އެކުލަވާލި މެނިފެސްޓޯގައި ވެސް އެންމެ ކުދި ކުދި ވިޔަފާރިތަކަށް ސަރުކާރުން ނުވަންނާނެ ކަމަށް ހިމެނީ އެސްޓީއޯފަދަ ކުންފުނިތަކުން ކުދި ވިޔަފާރިތަކަށް ވަންނާތީ ކަމަށެވެ.