އުރީދޫ

އައިފޯން 13 މޫލީ ވެބްސައިޓުން ޕްރީއޯޑަރަށް

Oct 9, 2021

އެޕަލްގެ އެންމެ ފަހުގެ ފޯނު، އައިފޯން 13 އުރީދޫގެ މުލީ ވެބްސައިޓުން މިހާރު ޕްރީއޯޑަރު ކުރެވެ އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ އައިފޯން 13 އަދި އައިފޯން 13 ޕްރޯ އާއި އައިފޯން 13 ޕްރޯ މެކްސް އަދި އައިފޯން 13 މިނީއަށް ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު މޫލީ ވެބްސައިޓް މެދުވެރިކޮށް ހުޅުވާލައިވާ ކަމަށެވެ.

އައިފޯން 13 އިގެ މޮޑެލްތަކުގައި ވާދަވެރި ކެމެރާ ސިސްޓަމްތަކަކާއެކު، ޕްރޯ މޯޝަން ސުޕަ ރެޓިނާ އެކްސްޑީއާރް ޑިސްޕްލޭގެ އިތުރުން ބެޓަރި ލައިފް ވެސް ވަނީ އިތުރަށް ފުރިހަމަ ކޮށްފަ އެވެ. ހަމައެއާއިއެކު، އައިފޯން 13 ސީރީޒްގެ ފޯނުތަކުގައި އެކުލެވިފައިވާ އެޕަލްގެ އޭ-15 ބަޔޮނިކް ޗިޕަކީ މިހާތަނަށް ސްމާޓްފޯނެއްގައި ބޭނުންކުރާ އެންމެ ހަލުވި ޗިޕެވެ.

މިމަހުގެ އަށް ވަނަ ދުވަހުން ފެށިގެން އުރީދޫ މޯލްޑިވްސްގެ އީ-ކޮމާރސް ޕްލެޓފޯމް މޫލީގެ ވެބްސައިޓް މެދުވެރިކޮށް، ކަސްޓަމަރުންނަށް އައިފޯން 13 ގެ މޮޑެލްތައް ޕްރީއޯޑަރު ހުޅުވާލުމާއެކު ގިނަ އަދަދެއްގެ ކަސްޓަމަރުން މިހާރު ވެސް ވަނީ ޕްރީއޯޑަރުކޮށްފަ އެވެ.