ސްރީލަންކާ

ލަންކާގެ ސްޕޯޓްސް މިނިސްޓަރު ނަމާލް ރާއްޖެ ވަޑައިގެންފި

Oct 10, 2021
1

ސާފް ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެއާ ސްރީލަންކާ މިއަދު ބައްދަލުކުރާ މެޗް ބައްލަވާ ލެއްވުމަށް ލަންކާގެ ސްޕޯޓްސް މިނިސްޓަރު ނަމާލް ރާޖަޕަކްސާ މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ނަމާލް ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް މަރުހަބާ ދެންނެވީ ރާއްޖޭގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފެވެ.

މެޗު ބައްލަވާލެއްވުމަށް ފަހު ނަމާލް މިރޭގެ ވަގުތެއްގައި އެނބުރި ލަންކާއަށް ވަޑައިގަންނަވާނެ އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ލަންކާ ފުރަތަމަ ބައްދަލުކުރީ ބަންގްލަދޭޝްގެ ޓީމާ އެެވެ. އެ މެޗު 0-1 އިން ކާމިޔާބުކުރީ ބަންގްލަދޭޝް އެވެ.

ދެވަނަ މެޗުގައި ލަންކާ ބައްދަލު ކުރީ އިންޑިއާގެ ޓީމާ އެވެ. ލަންކާގެ ފަރާތުން ފޯރިގަދަ ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ އެ މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ.

ނަމާލް މިއަދު ލަންކާ މެޗަށް ރާއްޖެ ވަޑައިގެންނެވިއިރު ފައިނަލަށް ދިއުމުގެ ފުރުސަތު އެ ޓީމަށް ވަނީ ގެއްލިފަ އެވެ.