އެމްޓީސީސީ

50000 ގިފްޓް ވައުޗަރާއެކު އެމްޓީސީސީ ކަށަވަރު ޕްރޮމޯޝަން ފަށައިފި

50000 ގިފްޓު ވައުޗަރާއިއެކު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ކަށަވަރު ޕްރޮމޯޝަން ފަށައިފި އެވެ.

ކޮންމެ އަހަރު ފަހުކޮޅާއި ދިމާކޮށް އެމްޓީސީސީ އި ކަށަވަރު ޝޯރޫމްގައި ވިއްކާ ޕްރޮޑަކްޓްސް ތަކަށް ހާއްސަ ޑިސްކައުންޓުތަކާއި އެކީ ކުރިޔަށް ގެންދާ ޕްރޮމޯޝަންގައި މިއަހަރު ސިގްމާ މެރިން ޕެއިންޓާއި ސްކޮޓް ބެޑާ ފައިބަގްލާސް ރެސިން އާއި އިންޑަސްޓްރިއަލް ގޭސް ސުޒުކީ އިންޖީން އަދި ޔަންމާ އާއި ސުޒުކީ ސްޕެއާތަކަށް ހާއްސަ ޑިސްކައުންޓުތަކާއި އެކު ކުރިޔަށް ގެންދަން ހަމަޖެހިފައިވެއެވެ.

މިއަދު ހެނދުނު އޮތް ހާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮމޯޝަން އިފްތިތާހް ކޮށްދެއްވަމުނ ްއެކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާޤް ހަލީމް ވިދާޅުވީ ކޮންމެ ހަފްތާއަކު ވެސް 5000 ރުފިޔާ އިން މަތީގެ ވިޔަފާރިކުރައްވާ ފަރާތްކުގެ މެދުގައި ނަގާ ލަކީޑްރޯއަކުން ނަސީބުވެރި ފަރާތަކަށް 2.5 ހޯސްޕަވަރުގެ ސުޒުކީ އައުޓްބޯޑް އިންޖީނެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެެވެ.

މިއަދުން ފެށިގެން މިއަހަރުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ބޮޑު އިނާމެއްވެސް ދޫކޮށްލާނެ ކަމަށާއި އެގޮތުން މުޅި ޕްރޮމޯޝަންގެ ނަސީބުވެރިޔަކަށް ހޮވޭ ފަރާތަކަށް 50،000 ރުފިޔާގެ "ކަށަވަރު ގިފްޓް ވައުޗާ" އެއް ލިބޭނެ ކަމަށް ރައްޒާގް ވިދާޅުވިއެވެ. ރައްޒާގް ވިދާޅުވީ އެ ގިފްޓް ވައުޗާ އިން 50،000 ރުފިޔާ ހަމަވަންދެން ކަށަވަރު ޝޯރޫމުން ހިލޭ ވިޔަފާރި ކުރެވޭނެ ކަމަށެވެ.

މި ޕްރޮމޯޝަންގެ ދަށުން އެމްޓީސީސީން ވިއްކާ ހުރިހާ މުދަލަކުން ހާއްސަ ޑިސްކައުންޓުތަކެއް ލިބޭނެ ކަމަށާއި އެގޮތުން ސުޒުކީ އިންޖީނުގެ ތަފާތު މޮޑެލްތަކުން 1500 ރުފިޔާ އިން ފެށިގެން 14000 ރުފިޔާއާ ހަމައަށް ޑިސްކައުންޓް ދިނުމަށް އަދި ކާސްޓްރޯލް އަޑީތެލުން ތިން ޕަސެންޓާއި ހަޕަސެންޓާ ދެމެދުގެ އަދަދަކަށް ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެ ޕްރޮމޯޝަނަކީ އެމްޓީސީސީ ކަށަވަރު ޝޯރޫމުން ވިއްކަމުން އަންނަ ސުޒުކީ އިންޖީނާއި ކާސްޓްރޯލް އަޑީތެލާއި ސިގްމާ މެރިން ޕެއިންޓާއި ސްކޮޓް ބެޑާ ފައިބަގްލާސް ރެސިން އާއި އިންޑަސްޓްރިއަލް ގޭސް އަދި ޔަންމާ އާއި ސުޒުކީ ސްޕެއާތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށްވެސް ރައްޒާގް ވިދާޅުވިއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ ހ. ފިލިގަސްމަގު (ނޫރު މިސްކިތް ހުންނަ މަގު) ގައި ހުންނަ އެ ކުންފުނީގެ ކަށަވަރު ޝޯރޫމްގައި ކަމަށް އެމްޓީސީީސީން މައުލޫމާތުދެއެވެ.